ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ފިލްމުތަކުގެ ތެރެއިން ފިލްމީ “ބީވީމާ” އިން ގާތްގަނޑަކަށް ހަތް ވަރަކަށް ފަންނާނުން ފިލްމީ ދާއިރާއަށް ތަޢާރަފުވެގެން ދާނެކަމަށް، ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނެފިއެވެ. މޮގާ މިހެން ބުނީ ޓެލެވިޛަން މޯލްޑިވްސް އިން ގެނެސްދޭ ‘ފިލްމީ އުދަރެސް’ މި ހަފުތާގެ ޕްރޮގްރާމުގައެވެ. މި ހަފުތާގެ ޕްރޮގްރާމު ޚާއްޞަކޮށްލާފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓަށެވެ.
“…. ގާތްގަނޑަކަށް ހަތްވަރަކަށް ބޭފުޅުން އިންޓްރޮޑިއުސް ވެގެންދާނެ، މި ދެންނެވީ އާ މޫނުތައް. އެކި ކަހަލަ ރޯލުތަކުން. މި ދެންނެވީ ހުސް ލީޑެއް ނޫން. އެކި ކަހަލަ ސައިޑްރޯލުތަކުން. އެކަމަކު ކޮންމެ ރޯލަކީވެސް ހަމަ މުހިންމު ރޯލެއް ދޮގެއްތޯ!” އެ ޕްރޮގްރާމުގައި މޮގާ ބުނެފައިވެއެވެ.
ފިލްމު “ބީވީމާ”ގެ ކެމެރާ މަަސައްކަތާ ޕްރޮޑަކްޝަން މަސައްކަތް ‘އޯކޭޒް އިންކް’ އިން ވަރަށް ފުރިހަމައަށް ކޮށްދެމުން އަންނަކަން ފާހަގަކުރަމުން މޮގާ ބުނީ އެގޮތަށް އެހެން ފަރާތްތަކާ އެކުގައިވެސް ޑާކް ރެއިން އިން މަސައްކަތްކުރަން ތައްޔާރަށް ތިބިކަން ހާމަކުރިއެވެ. މި ފިލްމުގެ މަސައްކަތްތަަކުގައި ފިލްމުގެ ޑައިރެކްޓަރ އަހްމަދު ޒަރީރުގެ މަސައްކަތްތަކަށް ވެސް މޮގާ ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.
“އަޅުގަނޑުމެންގެ އެންމެ ބޮޑު އެއްޗަކަށް ވަނީ މި ކޮމިޓްމެންޓް ދޮގެއްތޯ؟ އަޅުގަނޑުމެންނަށް ސަތޭކަ ޕަސެންޓް ބޭނުންވާނެ އެ ފަރާތަކުން އެ ޕްރޮޖެކްޓެއް ގެންދާއިރުވެސް އެގޮތަށް. ދެން އެކްޓަރުންނަށް ބަލާއިރުވެސް އަޅުގަނޑުމެން ބަލަން ހަމަ ވީހާ ވެސް އާކުދިންނާ، ހަމަ އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކުރާ މީހުންނަށް ވެސް ހަމަ ވަރަށް އިސްކަަންދެން. ދެން އޭގަ ވާގޮތަކީ އަޅުގަނޑަށް ހީވަނީ ބިލްޑްވާ ރިލޭޝަންއެއްކަން ނޭނގެ.” ޑާކް ރެއިން އެންޓަޓެއިންމެންޓުން މަސައްކަތްތައް ކުރަމުން އަންނަ ގޮތާާއި ކުރިއަށް ހުރި މަސައްކަތްތައް ވަރަށް ތަފުސީލުކޮށް މި ޕްރޮގްރާމު މޮގާ ހިއްސާކޮށްފައިވެއެވެ.
ފިލްމީ އުދަރެސް ޕްރޮގްރާމުގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ގެނެސްދިން ބައިތައް އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލުން އާއްމުކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
މުނިއަވަސް އަކީ ޑާރކްރެއިންގެ ދަށުން ހިނގާ ނޫހެއްތޯ؟
އަފްރާހުގެ ހަސަދައިގެ ލޮލަށް ހަމަ އެކަނި ފެންނަނީ މުނިއަވަސްގަ ޑާކްރޭން ގެ ފިލްމު ހަބަރުތައް ހުންނަކަން ތޯ؟