ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” – އޯޑިއޯ އަލްބަމްގެ ބޯނަސް ވީޑިއޯ ލަވައެއް ނެރެނީ

’އެސް ޕްރޮޑަކްޝަންސް‘ އިން 2020 ވަނަ އަހަރު އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފީޗާ ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމްގެ ބޯނަސް ލަވައެއް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް، ފެބްރުއަރީ 14 (މާދަމާ) ނެރެން ނިންމާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރ ޢަލީ ސީޒަން ބުނެފިއެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ ބޯނަސް ލަވައެއްގެ ގޮތުގައި ނެރެނީ ‘މިސް ވޭ’ގެ ނަމުގައި ހަދާފައިވާ ވަރަށް ހިތްގައިމު ދިވެހި އަމިއްލަ ރާގުގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ ދިވެހި ލަވައިގެ ދުނިޔޭގައި އެއްވެސް ފަނޑުވުމެއްނެތި އަދިވެސް ފިޔަޖަހަމުން އަންނަ ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީ އެވެ. ލަވައިގެ ޅެމުގެ ޝާޢިރަކީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި އުޖާލާކަމާއެކު ވިދާލާފައިވާ ޅެންވެރިކަމުގެ މުދައްރިސް އީސާ ޝަރީފު އެވެ.

“އަލްބަމް ނެރޭނެ ޑޭޓެއް އަދި ހާމައެއް ނުކުރަން. ދެން މިއީ ބޯނަސް ލަވައެއްގެ ގޮތުގަ އަލްބަމްގަ ހިމެނޭ ލަވައެއް. ލަވައިގެ ވީޑިއޯ މި ނެރެނީ މާދަމަ،

ވެލަންޓައިންސް ޑޭ ގަ.” ބޯނަސް ލަވައިގެ މަޢުލޫމާތު ފުރަތަމަ ފަަހަރަށް މީޑިއާއާ ހިއްސާކުރަމުން މުނިއަވަސް އަށް ސީޒަން ބުންޏެވެ.

ލަވަައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ ޢަލީ ސީޒަން އާއި ވިދަމުން އަންނަ ޒުވާން ބަޠަލާ ޢާއިޝަތު ޢަލީ އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/889480298285351″ poster=”http://www.muniavas.com/wp-content/uploads/2021/02/LOABIVEVIJJE-Song-Album.jpg”]

ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމްގެ ނުރަސްމީ ޕޯސްޓަރެއް ވެސް މުނިއަވަސްއަށް ސީޒަން ހިއްސާކޮށްފައިވެއެވެ. މި ޕޯސްޓަރުން ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިންތަކެއް މާސްކު އަޅައިގެން ތިއްބައެވެ.

ފިލްމް ”ލޯބިވެވިއްޖެ”ގެ އެއް ޕްރޮޑިއުސަރ ޝާނީޒް ޢަލީ، މިދިޔަ އަހަރު މުނިއަވަސް އަށް ބުނީ އޯޑިއޯ އަލްބަމްގައި ފިލްމުގައި ހިމެނޭޭ 08 ލަވައިގެ އިތުރުން ޕްރޮމޯޝަން ލަވައާއިއެކު ޖުމްލަ 09 ލަވަ ހިމެނޭނެ ކަމަށެވެ.

ފިލްމުގެ ޕްރޮމޯޝަން ލަވަ ކިޔާފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންނެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން މި ލަވައިގައި އަލީ އާޒިމް (ދޮން އައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، މަރިޔަމް ރިޝްފާ އަދި އަލީ ސީޒަންގެ އަޑު އިވިގެންދާނެ އެވެ.

ފިލްމް ”ލޯބިވެވިއްޖެ”އަށް ލަވަ ކިޔައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ، މޯލްޑިވިއަން އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އެވެ.

ލަވަތަކުގެ ޅެން ހަދާފައިވަނީ ތޭރަވާ، މުބާރިކް އަދި ނާސިމް (ބުލް) އެވެ. މިއުޒިކްތައް ހެދީ އިބްރާހިމް ނިފާރު (ތިއްތި)، ކުޑަ އިއްބެ، ޖަލާލް އަދި ގްރެވިޓީ ބޭންޑުންނެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމް ”ލޯބިވެވިއްޖެ”ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.

’އެސް ޕްރޮޑަކްޝަންސް‘ގެ ސިއްކައިގެ ދަށުން ގެނެސްދޭ ”ލޯބިވެވިއްޖެ”ގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top