ބޮލީވުޑްގެ މަޤުބޫލު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އުފައްދާ ”ގަންގޫބާއީ ކަތިއާވާޅީ“ ރިލީޒްކުރާ ތާރީޚު އިޢުލާނު ކޮށްފިއެވެ. ސަންޖޭގެ 58 ވަނަ އުފަންދުވަހާއި ދިމާކޮށް މިއަދު ވަނީ ފިލްމުގެ ޓްރެއިލާ ދޫކޮށްލާފައެވެ.
ދޮޅު މިނެޓުގެ މި ކުރު ޓީޒާ ޓްރެއިލާއިން ގަންގޫބާއީގެ ގޮތުގައި އާލިއާ ފެނިގެންދާއިރު އޭނާއަކީ ވަރަށް މިނިވަން، ވަރަށް ދޫހެލޭ އަދި ވަރަށް ހިތްވަރުގަދަ މީހެކެވެ. އޭނާ ސިފަކުރާގޮތުގައި އޭނާއަކީ އަދި އަބަދުވެސް އޭނާ ވާނީ ހަނދަށެވެ. ގަންގޫބާއީގެ ރޯލު ކުޅުމަށް އާލިއާގެ ބޮޑީ ލެންގުއޭޖާއި އޭނާ ވާހަކަދައްކާ ބަހުރުވައަށް ވަރަށް ބޮޑު އިސްކަމެއްދީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ސަންޖޭގެ 10 ވަނަ ޑައިރެކްޝަންގެ ގޮތުގައި ފާހަގަކުރާ މި ފިލްމުގެ ޓްރެއިލާއިން ދެން އެންމެ ބޮޑަށް އަޅައިގަތް ކަމަކީ ބެކްގްރައުންޑް މިއުޒިކެވެ. އެޔާއެކު މުޅި ފިލްމުގެ ބެކް މިއުޒިކާމެދު ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އާލިއާގެ މި ވަރުގަދަ ފެނިލުމާއެކު ދާއިރާގެ ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން ޕްރިޔަންކާ ޗޯޕްރާ ބުނެފައިވަނީ އާލިއާ އާމެދު ފަޚުރުވެރިވާކަމަށާއި އަބަދުވެސް ކުރިއެރުމަށް އެދޭކަމަށެވެ. އަދި ސަންޖޭއާއި އޭނާގެ ޓީމަށް މަރުޙަބާ ކިޔާފައިވެއެވެ.
އެޔާއެކު ކިލާޅީ ކިންގުގެ ނަމުން މަޝްހޫރުވެފައިވާ އަކްޝޭ ކުމާރް ބުނެފައިވަނީ ގަންގޫބާއީ ކަތިއާވާޅީއަކީ ފިލްމުގެ ނަން އިވުނީއްސުރެ ވަރަށް ޝައުޤުވެރިވި ފިލްމެއް ކަމަށާއި ޓްރެއިލާ ފެނުމުން އެ ޝައުޤުވެރިކަން އިތުރަށް ބޮޑުވެއްޖެ ކަމަށެވެ.
ހަށިވިއްކާ ތަނެއްގެ ރާނީއެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ހުސެން ޒައިދީގެ ފޮތެއް ކަމަށްވާ ”މާފިއާ ކުއީންސް އޮފް މުމްބާއީ“ގެ އެއް ޗެޕްޓާއަށް ބިނާކޮށް ހަދާ ހަޤީޤީ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ.
އާލިއާ ބަޓްގެ އިތުރުން ޝަންތާނޫ މަހޭޝްވަރީއާއި ވިޖޭ ރާޒްއާއި ރޯހިތު ސުކްވާނީ އަދި ޚާއްސަ ފެނިލުމެއްގައި އަޖޭ ދޭވްގަން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




