ގިނަބައެއްގެ މަޤްބޫލުކަން ހޯދައިފައިވާ އިނގިރޭސި ސިލްސިލާ ”ޑެކްސްޓާ“ގެ ފޭނުން ކޮބާހެއްޔެވެ؟ ޖުމްލަ 08 ސީޒަން ދެއްކުމަށް ފަހު، ސެޕްޓެމްބަރު 2013 ގައި މި ސީރީޒްގެ ފިނާލޭ ދެއްކުމުން މާޔޫސްކަން ލިބިފައި ތިބި ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އާނއެކެވެ. މި އަހަރު ސެޕްޓެމްބަރު މަހު ފަހުކޮޅު ”ޑެކްސްޓާ“ގެ 09 ވަނަ ސީޒަން ދައްކަން ފަށާނެއެވެ.
މިއަހަރުގެ ފިނިމޫސުން ފެށޭ ހިސާބުގައި ”ޑެކްސްޓާ“ގެ 09 ވަނަ ސީޒަން ދައްކަން ފަށާނެކަން ’ޝޯވްޓައިމް‘ އިން ހާމަކޮށްފައިވާއިރު، ”ޑެކްސްޓާ“ގެ ޑެކްސްޓާ މޯގަންގެ ގޮތުގައި އެކްޓަރު މައިކަލް ސީ. ހޯލް ފެނިގެންދާނެ ގޮތް ވެސް ވަނީ އާއްމުކޮށްފަ އެވެ.
”ޑެކްސްޓާ“ ސީޒަން 09ގައި ވެސް ހިމެނޭނީ ޖުމްލަ 10 އެޕިސޯޑެވެ.
”ޑެކްސްޓާ“ އަކީ އަދުލުއިންސާފާއި ޝަރީޢަތުގެ މަރުހަލާއިން އެއްވެސް ހުކުމެއް ނުކޮށް ނުވަތަ ނުކުރެވި ދޫވެފައި ތިބޭ މީހުން މަރާ ކުށްވެރިން މެރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރެއް ކަމަށްވާ ޑެކްސްޓާ މޯގަން، އެފަދަ ކުށްވެރިން މަރައި، އެމީހުންގެ ހަށިތައް ނައްތައިލުމުގައި ކާމިޔާބު ހަރަކާތްތަކެއް ދައްކުވައިދޭ ސީރީޒެކެވެ.
ރަސްމީ ވަޒީފާގައި ޑެކްސްޓާ އަކީ ޕޮލިސް ޓިޕާޓްމަންޓުގައި މަސައްކަތްކުރާ ބްލަޑް ސްޓެއިން ޕެޓާން އެނަލިސްޓެކެވެ. އޭނާގެ މި ހުނަރު ބޭނުންކޮށްގެން ބޮޑެތި ގާތިލުންނާއި އެހެން ސީރިއަލް ކިލަރުން ހޯދައެވެ. އަދި ފުލުހުންނަށް އެ މައުލޫމާތު ނުދީ އޭނާ ބޭނުންވާ މީހުން މަރައި ކޮށައި ކަނޑުފައްތައި ނައްތާލައެވެ.
ޑެކްސްޓާގެ 08ވަނަ ސީޒަން ނިންމާލިއިރު އެ ސީރީޒް އަށް ވަނީ އެތައް އެވޯޑު ތަކެއް ލިބިފައެވެ.
https://www.youtube.com/watch?v=CjVgGQWrJ-g
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




