މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2021 މާރިޗު 02 ވާ އަންގާރަ ދުވަހު (މިއަދު) ހުޅުވާލައިފިއެވެ.
މި އަހަރު އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
(ނ) ސިޔާސީ
(ރ) ޝަރުއީ އަދި ޤާނޫނީ
(ބ) ވިޔަފާރިއާއި އިޤުތިޞާދު
(ޅ) ކުޅިވަރު
(ކ) ފޮޓޯ ޖާރނަލިޒަމް
(އ) ވީޑިއޯ ޖާރނަލިޒަމް
(ވ) އޯޑިއޯ ޖާރނަލިޒަމް
(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
(ފ) ފީޗަރ | ރިޕޯޓް
(ދ) އެންމެ އުންމީދީ ނޫސްވެރިޔާ
މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު” މިއަދު އާންމުކޮށްފައިވެއެވެ.
(ށ) ގައި ބަޔާންކޮށްފައިވާ ‘ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ’ ގެ ދަށުގައި އަންނަނިވި ދާއިރާތައް ހިމަނާފައިވެއެވެ.
– އިޖުތިމާއީ
– ތާރީޚާއި ސަގާފަތް
– ފަންނުވެރިކަން
– ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ
ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައަޅަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!