ގްރީން އާޓްސްގެ ފަރާތުން ހަދާ ހަތަރު އެޕިސޯޑްގެ ޑްރާމާ ސީރީޒް “ބުނެލަދީ”ގެ ޝޫޓިން އައްޑޫސިޓީގައި ފަށައިފިއެވެ. މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރްޔަމް މޫސާގެ ވާހަކައަކަށް ހަދާ ސީރީޒެކެވެ.
“ބުނެލަދީ”ގެ ލީޑް ތަރިންނަކީ ފިލްމީ ދާއިރާގައި މަޝްހޫރު އެކްޓްރެސް މަރްޔަމް ޝަހުޒާ (ޝަހޫ) އަދި އަމަން ޢަލީ (ޓޮމް) އާއި ޓިކްޓޮކް ތަރި ހަސޭގެ އިތުރުން އަލަށް ތަޢާރަފުވާ ނުސްރާ އަދި އައިންތު އެވެ.
“ބުނެލަދީ”ގެ އިތުރު މަޢުލޫމާތުތައް މުނިއަވަސް އާ ހިއްސާކުރަމުން އަމަން ބުނީ މި ސީރީޒްގެ ޝޫޓިން މުޅިންހެން ނަގަނީ އައްޑޫސިޓީ ގައި ކަމަށެވެ. މީގެ އިތުރުން ޑްރާމާގެ ޕޯސްޓް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކުރަނީވެސް އައްޑޫސިޓީގައެވެ.
“ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަޙްމަދު ނާއިލް ރަޝީދު. ކެމެރާމޭން އަކީ މާނު.” އަމަން ބުންޏެވެ. ޑްރާމާ ސީރީޒްގެ މަސައްކަތްތަކަށް އައްޑުސިޓީން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަންވެސް އަމަން ފާހަގަކުރިއެވެ.










ޑްރާމާ ސީރީޒް “ބުނެލަދީ” އަކީ އަންނަ ރަމަަޟާން މަހު ދައްކަން ހަދާ ޑްރާމާއެއް ކަމަށްވެސް އަމަނން ބުންޏެވެ. ނަމަވެސް ޑްރާމާ ދައްކާ ޗެނަލް އަދި އޮތީ ސިއްރެއްގެ ގޮތުގައި ކަމަށްވެސް އަމަން ބުންޏެވެ.
މި ސީރީޒްގެ ކޮސްޓިއުމް ޕާޓްނަރަކީ ‘ހައުސް އޮފް ވޯގް’ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!