ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2 – އެޕިސޯޑް 1 ލަވަފޮށި އެޕްގައި ރިލީޒްކޮށްފި

މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 1ގެ މަދަހަތައް ލަވަފޮށި އެޕްލިކޭޝަންގައި މިރޭ ރިލީޒްކޮށްފިއެވެ. މިރޭ ރިލީޒްކޮށްފައިވަނީ އުމުރުން04 އަހަރާއި07 އަހަރާއި ދެމެދުގެ ބައިވެރިންގެ ތެރެއިން10 ބައިވެރިންގެ މަދަހަ އެވެ.

މުނިއަވަސް އިން އިންތިޒާމުކޮށްގެން ގެނެސްދޭ މި މުބާރާާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ގެ ފަރާތުން ލަވަފޮށްޓަށް މި މުބާރާތުގެ ހުރިހައި އެޕިސޯޑްތަކެއް ލާނެއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރ އަކީ އިއްޔަ ރެކޯޑްސް އިން މުބާާރާތުގެ ބައިވެރިންގެ މަދަހަތަކަށް ފަނޑިޔާރުން ޖަޖުކޮށްދިނުމުގައި އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލަވަފޮށި އެޕްލިކޭޝަނުން މިހާރު މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 1ގެ މަދަހަތަައް އަޑުއަހައިލެވޭނެއެވެ.

މުބާރާތުގެ ވީޑިއޯ އެޕިސޯޑް01 މިރޭ މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުކުރުމަށް މުނިއަވަސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިރޭ 09:00 ގައި ރިލީޒްކުރުމަށް ނިންމާފައިވިޔަސް، ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ ވީޑިއޯ އެޕިސޯޑް ގެނެސްދިނުން މިވަނީ ލަސްވެފައެވެ. މިކަމަށްޓަކައި މުބާރާތުގެ ބައިވެރިންނާ ބެލެނިވެރިންގެ އަރިހުން މައާފަށް އެދެމެވެ.

މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 1 އަދި ކުރިއަށް ހުރި އެޕިސޯޑްތަކުގައިވެސް މީގެ ކުރިން އާއްމުވެފައިވާ މަދަހައެއް ހިމެނޭ ނަމަ، އެ މަދަހަ މުބާރާތުގައި ނުހިމެނޭނެ ވާހަކަ ތަކުރާރުކޮށް ދަންނަވަަމެވެ.

https://on.lavafoshi.mv/albums/1542

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top