ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޒުވާން މާޝަލް އާޓިސްޓް، ޓައިގަރ ޝްރޮފް އޭނާގެ ފެވަރިޓު އެކްޓްރެސްއަކީ ކާކުކަން ބުނެދީފިއެވެ.
އުމުރުން 31 އަހަރުގެ ޓައިގަރ އޭނާގެ އިންސްޓަގްރާމްގައި “Ask me a question (ސުވާލެއް ކޮށްބަލަ)” ޖެހުމަށްފަހު ފޭނުން ސުވާލު ކުރަން ދޫކޮށްލިއެވެ. އަދި ގިނަ ފޭނުންނަށް އެމީހުންގެ ސުވާލުތަކަށް ޖަވާބު ދީފައި ހުއްޓެވެ. އޭގެ ތެރެއިން ސުވާލެއްގައި ޓައިގަރގެ އެންމެ ފެވަރިޓު އެކްޓްރެސް އަކީ ކާކުހޭ އެހުމުން އޭނާގެ ޖަވާބުގައި ބުނެފައި ވަނީ “މަދޫރީ ޑިކްސިޓް މެޑަމް” ކަމުގައެވެ.
ޓައިގަރ ޝްރޮފް ބޮލީވުޑަށް ތަޢާރަފުވީ 2014 ވަނަ އަހަރު ސަބީރު ޚާން ޑައިރެކްޓުކުރި ފިލްމު “ހީރޯޕަންތީ” އިންނެވެ. ޓައިގަރ ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބާގީ 4، ރާމްބޯ، ގަނާޕަތު އަދި ހީރޯޕަންތީ 2 ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
އަބްދުﷲ
