ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްހޯތްރާ ލީޑް ރޯލުން ފެނިގެންދާ ފިލްމު ‘ޝޭރްޝާހް’ މިމަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިއްޖެއެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ވިޝްނޫވަރަދަން ޑައިރެކްޓުކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ކަރަން ޖޯހަރާއި ޝަބީރު ބޮކްސްވާލާގެ އިތުރުން އަޖޭ ޝާހު ހިމެނެއެވެ.
ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ހާދާފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސިދާތު ގެ އިތުރުން އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ އާއި އަންކީތާ ގޯރާގެ އިތުރުން ޝީވް ޕަންޑިތު ފެނިގެންދާނެއެވެ.
ސިދާތު މަލްހޯތްރާ އަކީ 2012 ގައި ކަރަން ޖޯހަރް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު ‘ސްޓޫޑެންޓް އޮފް ދަ އިއަރ’ އިން ބޮލީވުޑަށް ތަޢާރަފުވި އެކްޓަރެކެވެ.
ކިޔުންތެރިންގެ ޚިޔާލު
