ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފަރީ” – އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން އަށް

’މަދޮށިޕް‘ އާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ’ކުންނާރު ޕްރޮޑަކްޝަން‘ އާއި ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ’އެއް ކާފު ޕްރޮޑަކްޝަންސް‘ ގުޅިގެން ގެނެސްދިން އާއިލީ ޑްރާމާ ސްޓައިލްގެ ފިލްމު “ފަރީ”، އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން ގައި ދައްކަން ނިންމައި ތާވަލް ކޮށްފިއެވެ.

ބައިސްކޯފް އެޕްގައި ސްޓްރީމް ކުރަމުން އަންނަ ފިލްމު “ފަރީ އަކީ ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ވަރަށް ތަފާތު އެކްޓިންއެއް ފެނިގެންދާ ފިލްމެކެވެ. ފަރީގެ ރޯލުން ނުޒޫ ފެނިގެންދާއިރު، ފަރީގެ ބައިވެރިއެއްގެ ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް އެވެ. އިތުރު ތަރިންގެ ތެރޭގައި އަޙްމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަން ފެނިގެންދާނެއެވެ. މީގެ އިތުރުން މުހައްމަދު ޔުނާން އާއި ތަސްނީމާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުު ”ފަރީ“ގެ ސްކްރިޕްޓް ލިޔެ ޑައިރެކްޓް ކުރީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާން ސައީދު (އަންދު) އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/baiskoafu/videos/5383301665043917″ poster=”http://www.muniavas.com/wp-content/uploads/2021/03/Landscape_Edit-scaled.jpg”]

އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން 2021 ގައި ދެއްކުމަށް ހަމަޖެހިފައިވާ ފިލްމުތައް ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު 15 އިން 30ގެ ނިޔަލަށެވެ. މި ފެސްޓިވަލް ފެށުމުގެ ގޮތުން ދައްކަން ހަމަޖެހިފައިވަނީ ހިންދީ ފިލްމެއް ކަމަށްވާ “މަހާނަގަރް” (ބޮޑު ސިޓީ) އެވެ. މި ފެސްޓިވަލްގައި27 ބަހަކުން ހިމެެނޭ120 ފިލްމު ދެއްކުމަށް ހަމަޖެހިފައިވެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top