ކަންގާނާ ރަނާވަތު ލީޑް ރޯލުން ފެނިގެންދާ ފިލްމު “ތަލައިވީ” އަންނަ މަހު 10 ގައި ސިނަމާތަކުގައި އަޅުވާނެ ކަމަށް ބުނެ ފިލްމުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ރިލީޒް ނުކުރެވި ލަސްވެގެން ދިޔަ މި ފިލްމަކީ އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލަރ މިއަހަރުގެ ކުރީކޮޅު ދައްކާލައިފައިވާއިރު މި ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ކަން ފާހަގަ ކޮށްލަމެވެ.
ކަރްމާ މީޑިއާ އެންޓަރޓެއިންމެންޓާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމު”ތަލައިވީ”ގައި ކަންގާނާގެ އިތުރުން އަރުވިންދު ސްވާމީއާއި ބަގިޔާޝްރީ އަދި މަދޫގެ އިތުރުން ރާޖް އަރުޖުން ފެނިގެންދާނެއެވެ.

ކަންގާނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ދާކަޅް” އަދި “ތޭޖާސް” ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
