ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑް އެކްޓަރ ވިކީ ކޯޝަލް ލީޑް ރޯލުން ފެނިގެންދާ “ސަރްދާރް އުދަމް ސިންގ” އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރަން ތާވަލުކޮށްފިއެވެ.
އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި އުދަމް ސިންގގެ ވާހަކަ ކިޔައިދޭ މި ބައޮގްރަފިކަލް ޑްރާމާގައި ވިކީގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ ބަނީތާ ސަންދޫއާއި އަމޯލް ޕަރަޝާރްއެވެ.
ރައިޒިންގ ސަން ފިލްމްސް އާއި ކީނޯ ވާރކްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ “ވިކީ ޑޯނަރ”، “ޕީކޫ”، “އޮކްޓޯބަރ” އަދި “ގުލާބޯ ސިތާބޯ” ފަދަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޝޫޖިތު ސިރްކާރްއެވެ.
ތަފާތު ފިލްމުތަކެއް އުފައްދަމުން އަންނަ ޝޫޖިތު ސިރްކާރްގެ “ސަރްދާރް އުދަމް ސިންގ” އަންނަ އޮކްޓޯބަރު މަހު 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރާނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
