ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯލްޑިވިއަން އައިޑަލް ސީޒަން 3 : އޮޑިޝަންތައް ފެބްރުއަރީ 2 ގައި ދައްކަން ފަށަނީ

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ ހަމައެކަނި ރިއަލިޓީ ޝޯވ “މޯލްޑިވިއަން އައިޑަލް” ސީޒަން 3 ގެ އޮޑިޝަންތަކުގެ ޝޯ ތައް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޓެލެވިޛަން މޯލްޑިވްސް އިން ދައްކަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސް އިން ބުނީ އައިޑަލް ސީޒަން 3 ގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައި ކުރިއަށްގެންގޮސްފައި ވާކަމަށެވެ. އެގޮތުން ރ.އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައި ވަނީ އޮޑިޝަން ބާއްވާފަ އެވެ. މިފަހަރުގެ ސީޒަންގެ ޝޯތައް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދައްކާނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯތައް ކަމަށް ޕީއެސްއެމް ނިއުސް ބުނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ވަނީ ގެނެސްދީފަ އެވެ. އައިޑަލްގެ ޕްރޮޑަކްޝަން ޓީމާާއި ހަވާލާދީ ޕީއެސްއެމް އިން ބުނީ މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށެވެ.

މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން 4 ފަންނާނަކު ފެންނާނެކަމަށާއި ކުރީގެ ސީޒަންތަކުގައި ނުފެންނަ “ގޯލްޑަން މައިކް” މިފަހަރުގެ ސީޒަންގައި ފެނިގެންދާނެކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމާއި ހަވާލާދީ ޕީއެސްއެމް ނިއުސް އިން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ. އޯޕަން އޮޑިޝަންގެ ޝޯތައް ނިމުމާއެކު ގޯލްޑަން ޓިކެޓް ހޯދާ ބައިވެރިންނާއެކު ތިއޭޓަރ ރައުންޑްގެ ޝޯތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އެއަށްފަހު ޕިއާނޯ ރައުންޑް ނިންމާ، ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯތައް ކުރިއަށްދާނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލްގައި ވާދަކުރާ ގަދަ 3 ބައިވެރިންނާއެކު އެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top