ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބީވުން” ސީރީޒްގެ ޓީޒާރ ވަރަށް ޝައުޤުވެރި!

މޭޓް ސްޓޫޑިއޯއިން ޕްރޮޑިއުސްކޮށް، ބްލޫ ވޭވް އެންޓަޓެއިންމެންޓާ ގުޅިގެން އުފައްދާ ވެބް ސީރީޒް “ބީވުން”ގެ ޓީޒާރއެއް ރިލީޒްކޮށްފިއެވެ. މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި ޓީޒާއިން ޝައުޤުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ޝޫޓްކުރަމުން އަންނަ “ބީވުން” މިއީ އާމިނަތު ރިނާޒާ ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ޢަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޑައިރެކްޓްކުރާ ސީރީޒެކެވެ.

“ބީވުން’ގެ ލީޑް ކުޅެނީ ހުނަރުވެރި އެކްޓްރެސް މަރްރިޔަމް ޝިފާ އާއި ހުނަރުވެރި އެކްޓަރ އަޙްމަދު ޝާރިފް އެވެ. އިތުރު ތަރިންގެ ތެރޭގައި ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢު، މަރްޔަމް ޙަލީމްގެ އިތުރުން ސާނާ ހިމެނެއެވެ.

“ބީވުން”ގެ ޓީޒާރ އިން ފެންނަ ގޮތުން މަރްޔަމް ޙަލީމް ފެނިގެންދަނީ ވަރަށް ތަފާތު މޭކަޕެއްގައި ތަފާތު ރޯލަކުންނެވެ. ސަސްޕެންސް މަންޒަރުތަކެއް ފެނިގެންދާ މި ޓީޒާއިން، ސީރީޒްގައި ހަރަކާތްތެރިވާ މުހިންމު ތަރިންގެ ވަރުގަދަ މަންޒަރުތަކެއް ފެނިގެންދެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/552191462733385″ poster=”http://www.muniavas.com/wp-content/uploads/2021/10/BEEVUN-TRAILER.jpg” autoplay=”1″]

މިމަހުގެ 13ގައި މި ސީރީޒްގެ ރަސްމީ ޕޯސްޓަރު ރިލީޒްކޮށްފައިވެއެވެ. މީގެ އިތުރުން ސީރީޒްގައި ހިމެނޭ ދެ ލަވައިގެ ތެރެއިން ”ހަނދު ވަށާލާ، ރީތި ތަރިތައް“ ވެސް ރިލީޒްކޮށްފައި ވެއެވެ. މި ލަވަ ކިޔާފައިވަނީ ޝާހިދާ (ކުޑަ ޝާހިދާ) އަދި ކޮއްކޮ އެވެ. ލަވައިގެ ހިތްގައިމު މިއުޒިކް ހެދީވެސް ކޮއްކޮ އެވެ.

ސްޓޫޑިއޯ މޭޓުން ގެނެސްދޭ 13 އެޕިސޯޑްގެ މި ސީރީޒަކީ މުޙައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ ސީރީރީޒެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top