ބޮލީވުޑްގެ ޒުވާން ބަތަލު ކާތިކް އާރްޔާން އެކްޓިންގއަށް ނުކުތް ފިލްމު ”ޕިޔާރް ކާ ޕަންޗްނާމާ 3″ގެ ކާސްޓާއި ރަންވީރް ސިންގއާއި ރަންބީރް ކަޕޫރް ގުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.
ދާދި ފަހުން ”ޕިޔާރް ކާ ޕަންޗްނާމާ“ ފްރެންޗައިޒްގެ ބަތަލު ކާތިކް ގާތު އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވަނީ އެވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ.
”ތީވެސް އަޑެއް.. ވާގޮތެއް ބަލަމާ.. އެކަމަކު ތެދަށް ބުނަންޏާ، ތިވާހަކަ ރަނގަޅުވާނީ ލަވް ރަންޖަން ސަރ ގާތު އެހިއްޔާ.. އެ ފިލްމާ ބެހޭގޮތުން އެންމެ ރަނގަޅަށް އޮޅުންފިލުވައިދެވޭ ކަހަލަ މަޤާމެއްގައި ހުރީ އޭނަ..“
ކާތިކް ބުނެފައިވެއެވެ.
”ޕިޔާރް ކާ ޕަންޗްނާމާ“ ގެ ދެ ބައެއް މިހާރު ގެނެސްދީފައިވާއިރު، ފުރަތަމަ ބައި ގެނެސްދިނީ 2011 ގައެވެ. ފުރަތަމަ ބައިގެ މައިގަނޑު ރޯލުތައް ކުޅުނީ ކާތިކްގެ އިތުރުން ދިވްޔެންދޫ ޝަރްމާއާއި ރާޔޯ އެސް. ބާކިރްތާއާއި ނުޝްރަތު ބަރޫޗާއާއި ސޮނާލީ ސޭގަލްގެ އަދި އިޝީތާ ރާޖް ޝަރްމާއެވެ. 2015 ގައި ގެނެސްދިން ދެވަނަ ބައިގެ މައިގަނޑު ރޯލުތަކުން ފެނިގެންދިޔައީ ކުރީގެ ފިލްމުންވެސް ފެނިގެންދިޔަ ކާތިކްއާއި ނުޝްރަތުއާއި ސޮނާލީއާއި އިޝީތާގެ އިތުރުން އޯމްކަރް ކަޕޫރާއި ސަނީ ސިންގއެވެ.
ތިންވަނަ ބައި ގެނެސްދޭނެ ދުވަހެއް އަދި ނޭނގޭއިރު، ތިންވަނަ ބައެއް ގެނެސްދޭނެކަން ދެވަނަ ބައިގެ އެއް އެކްޓަރު ސަނީ ސިންގ ވަނީ ތަންކޮޅެއް ކުރިން ކަށަވަރުކޮށްދީފައެވެ.
ކާތިކްގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ ނޮވެމްބަރު 19 ގައި ނެޓްފްލިކްސްއިން ރިލީޒްކުރާ އެކްޝަން ތުރިލާ ”ދަމާކާ“ އެވެ. އޭގެ އިތުރުން މަސައްކަތް ނިމިފައިވާ ”ބޫލް ބުލައްޔާ 2“ އާއި ”ފްރެޑީ“ އަދި މިހާރު ޝޫޓިންގ ކުރިއަށްދާ ”ޝެހެޒާދާ“ އަކީވެސް ކާތިކްގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




