ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެމްޕިއަންސް ލީގު: ބަޔާން އާއި ބާސާ ކުޅޭ މެޗަށް ސަޕޯޓަރުން ނުވައްދަން ނިންމައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ބަޔާން މިއުނިކާއި ބާސެލޯނާ ކުޅެން އޮތް މެޗަށް ސަޕޯޓަރުން ނުވައްދަން ނިންމައިފިއެވެ.

ޖަރުމަނުގެ ބަވާރިއާގައި ކުޅޭ މި މެޗަށް، ސަޕޯޓަރުން ނުވައްދަން ނިންމާފައިވަނީ އެ ސްޓޭޓުގައި ހަލުވިކޮށް ކޮވިޑު ފެތުރެމުންދާތީއެވެ. ހާއްސަކޮށް އެ ނިންމުން ނިންމާފައިވަނީ އޮމިކްރޯން ވޭރިއަންޓަށްވެސް ސަމާލުވުމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ބާސާއާއި ބަޔާން ނުކުންނަ އިރު، ބަޔާން އޮތީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ގޮސްފައެވެ. އެހެން ނަމަވެސް ބާސާއަށް އެއީ މަޖުބޫރު މެޗެކެވެ. ބެންފީކާއިން އެރޭ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ބާސާއަށް ބަޔާން ކައިރީ ނަތީޖާ ނެރެން މަޖުބޫރު ވާނެއެވެ. އޭރުން ބާސާއަށް ގަދަ 16 ލިބޭނީ ބަޔާން ބަލިކޮށްގެންނެވެ.

ބާސާއިން މި ސީޒަންގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން މި ދެޓީމު އާލިއާންޒް އެރީނާގައި ކުޅުނީ 2015 ވަނަ އަހަރުއެވެ. ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ އެ މެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top