ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ފޯޓީ ޕްލަސް’ ގެ ޝޫޓިން ނިންމާލުމަށްފަހު ކްރޫ މާލެ އަތުވެއްޖެ

‘ނޯޓީ40’ ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ އަށް އަތޮޅުތެރޭގައި ޝޫޓްކުރަންހުރި ހުރިހައި މަންޒަރެއް ޝޫޓް ކުރުމަށްފަހު ފިލްމު ކްރޫ މިއަދު މާލެ ހިނގައްޖެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރ ޝަފީޤް ބުނީ ފިލްމުގައި ބާކީ ހުރި ލަވަތައް ފިޔަވައި ހުރިހައި މަންޒަރެއް މިހާރުވަނީ ޝޫޓްކޮށްފައެވެ. ފިލްމުގައި ނަގަންހުރި ލަވަތައް ޝޫޓް ކުރަން ނިންމާފައިވަނީ މާލެ އާއި މާލޭއޭރިއާ ގެ ރަށްތަކުގައި ކަމަށްވެސް ޝަފީގް ބުންޏެވެ.

“މާލޭ ސަރަހައްދުގަ ޝޫޓްކުރަން ދެން އިންނާނީ ފިލްމުގެ ހަތަރު ލަވަ.” ޝަފީގް ބުނީ ފިލްމުގެ އެއްވެސް މަންޒަރެއް ޝޫޓް ނުކޮށް ނޯންނާނެ ކަމަށެވެ.

ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރ ސައީދު މިއަދު ހެނދުނު ބުނީ ފިލްމުގެ ހުރިހައި މަންޒަރެއް ނަގައި ނިމުމަށްފަހު މިއަދު ހަވީރަށް މާލެ ދެވޭނެ ކަމަށެވެ.

ފޯޓީ ޕްލަސް ޝޫޓިންގެ ތެރެއިން

ތ. ބުރުންޏަށް ‘ފޯޓީ ޕްލަސް’ ގެ ޓީމު ގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ފިލްމުގެ ޝޫޓިން ފެށީ ޑިސެމްބަރު 23 ގައެވެ.

ފިލްމުގެ ޝޫޓިން 25 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމުމަށް ޝެޑިއުލް ކުރިނަމަވެސް މޫސުމް ތަންނުދިނުމުގެ ސަބަބުން ޝޫޓިން އަށް ބުރޫތަކެއް ވަނީ އަރާފަ އެވެ. އެހެންނަމަވެސް 28 ވަރަކަށް ދުވަސްތެރޭގައި ފިލްމުގެ ޝޫޓިން މިވަނީ ނިންމާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top