ރާއްޖޭގައި މިހައިތަަނަށް އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރުމުގެ ރެކޯޑްއޮތް ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)، “ވިލަން”ގެ ނަމުގައި ސީރީޒެއް އުފެއްދުމަށް ތައްޔާރުވެއްޖެއެވެ. “ވިލަން”ގެ ޝޫޓިން ފެށުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާއިރު، ޝޫޓިން ނުފެށި ލަސްވެފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުންކަމަށް އަމްޖޭ ބުނެއެވެ.
“މި ރެޑީ ވަނީ ޝޫޓިން ފަށަން. މިއަދުވެސް ފަށަން އޮތީ، މޫސުން ގޯސްވެގެން ނުފެށިގެން މި އުޅެނީ. އުއްމީދުކުރަނީ މިމަހު 17 ހިސާބުގަ ޖެއްސޭނެ ކަމަށް.” މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމްގެ “ވިލަން”ގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއަކާ ހިއްސާކުރަމުން މުނިއަވަސް އަށް އަމްޖޭ ބުންޏެވެ.
“ވިލަން” އަކީ އަމްޖޭ ލިޔެ ޑައިރެކްޓްކުރާ ސީރީޒެކެވެ. ކެމެރާކުރާނީ ޒުވާން ކެމެރާމަން ސަމާހް އެވެ. “ޑޯންޓް ޓްރައި ޓު ހަންޓް، ވަޓް ޔޫ ކާންޓް ކިލް Don’t Try To Hunt, What You Can’t Kill” މި ސްލޯގަންއާއެކު ޕޯސްޓަރު އާއްމުކޮށްފައިވާ “ވިލަން”ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރުންކަމަށްވާ އަޙްމަދު ޒިޔާޢު (ޒިޔާ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ޢާއިޝަތު ލަހުފާ (ލަހޫ) އެވެ.
“މިއީ ހަމަ ސީރީޒެއް. ތަފާތުކުރެވޭތޯ ވަރަށް މަސައްކަތްކޮށްފަ ހުންނާނެ. ދެން ގޮތެއް ނިންމާނީ ބެލުންތެރިން. މިހާރު މި ފެންނަ ސީރީޒްތަކަށްވުރެ ކުޑަ ތަފާތުކަމެއް ބެހެއްޓޭތޯ ވަރަށް މަސައްކަތްކޮށްފަ ހުންނާނެ.” ދާދި ފަހުން “ބްރިޖް”ގެ ނަމުގައިވެސް އަމްޖޭ ވަނީ ތަފާތު ސީރީޒެއް އުފައްދާފައެވެ.
މި ސީރީޒްގެ އިތުރު މަޢުލޫމާތުތައް ޝޫޓިން ފެށުމަށްފަހު ހިއްސާކުރާނެ ކަމަށްވެސް އަމްޖޭ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި