ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމަކީ ”ޖޯޑެއްގެ ސާފު ލޯބި“ ކަން ހާމަކޮށްފިއެވެ.
މިމަހުގެ 16 ވަނަ ދުވަހު، ކަޒްމިކް އިންޓަނޭޝަނަލްގެ އިންސްޓަގްރާމްގައި އެކަން ހާމަކޮށްފައިވާއިރު، ފިލްމުގެ ޑައިރެކްޓަރުގެ ނަން ފިޔަވައި އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފަހުގެ ތާރީޚެއް އެކްޓަރުން އިޢުލާނުކުރާނެ ކަމަށް ކަޒްމިކް އިންޓަނޭޝަނަލް އިން ބުނެފައިވެއެވެ. ”ޖޯޑެއްގެ ސާފު ލޯބި“ ޑައިރެކްޓް ކުރަނީ 2019 ގައި ފިލްމު ”ބަވަތި“ އިން ޑައިރެކްޝަނަށް ނުކުމެ ބެލުންތެރިންގެ އިތުބާރު ހޯދި އިލްޔާސް ވަޙީދު (އިއްލެ) އެވެ.
”ޖޯޑެއްގެ ސާފު ލޯބި“ގެ ޕްރޮޑިއުސަރަކީ ’އައިފިލްމްސް’ގެ ”ބަވަތި“ އަދި ”ނީނާ“ގެ ވެސް އެއް ޕްރޮޑިއުސަރު އާސިމް ޢަލީ އެވެ.
View this post on Instagram
ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމު އިޢުލާނު ކުރިއިރު، ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ފިލްމެއްވެސް ގެނެސްދީފައެވެ. މިހާތަނަށް ”މަޒްލޫމް“ ގެ 3 ބައި ގެނެސްދީފައިވާއިރު، މިހާރު ކުރަމުން ދަނީ އޭގެ ފަހު ބައި ”ހިންތަ“ ގެ މަސައްކަތެވެ.
މަޒްލޫމްގެ ފުރަތަމަ ބައިގައި ރޭޕް ކޭސްއެއްގެ ވާހަކަ ކިޔައިދިންއިރު، ދެވަނަ ބައި ”ޒައްރޫކް“ ގައި ކިޔައިދިނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ތިންވަނަ ބައި ”މިންޖު“ ގައި ގެވެށި އަނިޔާގެ ވާހަކައެއް ކިޔައިދިންއިރު ”ހިންތަ“ ގައި ކިޔައިދޭނީ މަކަރާއި ހީލަތުގެ ވާހަކައެއް ކަމަށް ބެލެވެއެވެ.
މަޒްލޫމްގެ ފަހު ބައި ”ހިންތަ“ ދައްކާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު، ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމު ”ޖޯޑެއްގެ ސާފު ލޯބި“ އާއި ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ކަޒްމިކުން މަޢުލޫމާތު ދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 31 ޑިސެމްބަރ 2025ޚަބަރު”ޕަރީ“ ގެ ވީއެފްއެކްސް އާއި ސައުންޑް އިންޑިއާ ސްޓޫޑިއޯއަކުން
- 31 ޑިސެމްބަރ 2025ޚަބަރު”ޓޮކްސިކް“ ގައި ނަޔަންތާރާގެ ފުރަތަމަ ފެނިލުން ދައްކާލައިފި
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި




