ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަޕިލް ޝަރްމާގެ އައު ކޮމެޑީ ޝޯވ ނެޓްފްލިކްސްއަށް

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ އައު ކޮމެޑީ ސްޕެޝަލް ޝޯ “ކަޕިލް ޝަރުމާ:އައި އޭމް ނޮޓް ޑަން ޔެޓް” މި މަހު 28 ގައި ނެޓްފްލިކްސްއިން ޕްރިމިއަރ ކުރަން ނިންމައިފިއެވެ. މައްޝޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަކީ 2007 ވަނަ އަހަރު “ދަ ގްރޭޓް އިންޑިއަން ލާފްޓަރ ޗެލެންޖް” އިން ކޮމެޑީ ދާއިރާ އަށް ނުކުމެ މީގެ އިތުރުން “ކޮމެޑީ ސަރކަސް” ވިދިވިދިގެން 6 ފަހަރު ހޯދާފައިވާފަންނާނެކެވެ. “އެންޓަރޓެއިނަރ އޮފް ދަ އިޔާރ”، ބެސްޓް ކޮމެޑީ ޝޯވ އޮފް އޯން ޓެލެވިޜަން” ފަދަ އެތައް އެވޯޑްތަކެއް ހޯދާފައިވާ، ކަޕިލްގެ އައު ކޮމެޑީ ޝޯ “ކަޕިލް ޝަރުމާ: އައި އޭމް ނޮޓް ޑަން ޔެޓް” މި މަހު 28 ގައި ނެޓްފްލިކްސްއިން ދައްކަން އިއުލާނުކޮށް ކަޕިލް ވަނީ ބުދަ ދުވަހު ވީޑިއޯއެއްވެސް ނެރެފައެވެ. އެއް މިނެޓާއި 34 ސިކުންތުގެ މި ވީޑިއޯގައި ކަޕިލް މިހާ ހިސާބަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދެއެވެ.

ކަޕިލްގެ “ކަޕިލް ޝަރުމާ ޝޯ” އަކީ އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކާ ޝޯތަކުގެ ތެރެއިން އެތައް މިލިއަން މީހުންނެއްގެ އެންމެ މަގްބޫލު ޝޯ އެވެ. ކަލާރސް ޓީވީން ފެށި މި ޝޯވ މިހާރު ދަށްކަމުން ގެންދަނީ ސޮނީ ޓީވީންނެވެ.

“‘ދަ ކަޕިލް ޝަރުމާ ޝޯ” ގެނެސްދެމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top