ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އިންޑިއާސް ބެސްޓް ޑާންސާ” ގެ ފައިނަލް މާދަމާ ރޭ

ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ ގެނެސްދޭ ގޮތަށް ނިންމައިފިއެވެ.

ގަދަ 5 ބައިވެރިންނާއެކު މާދަމާ ރޭ ޝޯވ ނިންމާލާއިރު، ގަދަ 5 ގައި ހިމެނޭ ބައިވެރިންނަކީ ގޯރަވް ސާރްވާން، ސޯމިޔާ ކަމްބްލޭ، ޒަމްރޫދު، ރޯޒާ ރާނާ އަދި ރަކްތިމް ޓަކުރިއާ އެވެ. ގަދަ 5 ބައިވެރިންގެ ފޯރިގަދަ، މޮޅު ނެށުންތަކެއް ފައިނަލްގައި ފެނިގެންދާއިރު، ޝޯވގެ ގަދަ 12 ގައި ހިމެނުނު ބައިވެރިންގެވެސް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާނެއެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 2” ވެސް ޖަޖުކުރީ ފުރަތަމަ ސީޒަންވެސް ޖަޖުކުރި ކޮރެއޯގްރާފަރު ގީތާ ކަޕޫރް އާއި ޓެރެންސް ލުވިސް އަދި ބަތަލާ މަލައިކާ އަރޯރާއެވެ. ޝޯވ ހޯސްޓްކުރީ ކާމިޔާބު ރިއަލިޓީ ޝޯވތަކެއް ހޯސްޓްކޮށްފައިވާ މަނީޝް ޕޯލްއެވެ.

މާދަމާ ރޭ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ދެވަނަ ސީޒަން ނިންމާލާއިރު، ފުރަތަމަ ސީޒަން ކާމިޔާބުކުރީ ޓައިގާ ޕޮޕްއެވެ. އޭނާގެ ކޮރެއޯގްރާފަރަކީ މި ސީޒަންގެ ގަދަ 5 ގައި ހިމެނޭ ސޯމިޔާގެވެސް ކޮރެއޯގްރާފަރު ވަރްތިކާ ޖާ އެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 2” ގެ ގްރޭންޑް ފިނޭލޭ މާދަމާ ރޭ ރާއްޖެ ގަޑިން 7:30 ގައި ސޮނީ ޓީވީއިން ދައްކަން ފަށާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top