ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރު، އަކްޝޭ ކުމާރް ލީޑް ރޯލުން ފެނިގެންދާ ”ޕްރިތުވިރާޖް“ ސިނަމާތަކަށް ގެންނަ އާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ފުރަތަމަ 2020 ގެ ނޮވެމްބަރަށް ތާވަލު ކުރުމަށްފަހު ކޮވިޑާއި ގުޅިގެން ރިލީޒްކުރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 އަށް ފަސްކޮށްފައެވެ. އިންޑިއާގައި އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ފިލްމު ރިލީޒްކުރުން ވަނީ ދެވަނަ ފަހަރަށްވެސް ފަސްކޮށްފައެވެ. މިހާރު ”ޕްރިތުވިރާޖް“ ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޖޫން މަހު 10 ގައެވެ.

ސަންޖޭ ދަތު (ކ)، މަނޫޝީ ޗިއްލާރ (މ)، ސޯނޫ ސޫދު (ވ)
އަކްޝޭގެ އިތުރުން ”ޕްތިތުވިރާޖް“ ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ސަންޖޭ ދަތު، ސޯނޫ ސޫދު އަދި ބޮލީވުޑަށް އަލަށް ތަޢާރަފުކުރާ ބަތަލާ މަނޫޝީ ޗިއްލާރއެވެ. މީގެ އިތުރުން އަޝޫތޯޝް ރާނާ، ސާކްޝީ ތާންވަރް، މާނަވް ވިޖް އަދި ލަލިތު ތިވާރީވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
އިންޑިއާގެ ރާޖަސްތާނުގައި ރަސްކަން ކުރި ޕްރިތުވިރާޖް ޗޯހާންގެ ވާހަކަ ކިޔައިދޭ މި ތާރީޚީ އެކްޝަން ޑްރާމާއަކީ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ”ޕްރިތުވިރާޖް“ ލިޔެ، ޑައިރެކްޓްކުރީ ޗަންދުރަޕްރަކާޝް ދިވެޑީއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




