ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފައި ވާކަމަށް ޝަލަބީގެ ވެރިފައިޓް ފޭސްބުކް އެކައުންޓު މެދުވެރިކޮށް ބުނެފިއެވެ. ޝަލަބީ މިހެން ބުނީ އިއްޔެގެ ވަގުތެއްގައެވެ.
ޝަލަބީގެ އިންސްޓަގްރާމް އެކައުންޓްގެ ސްކްރީން ޝޮޓަކާއެކު ޝަލަބީ ބުނެފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފައިވާކަން ވަރަށް މަޢާފާއެކު ހާމަކުރާ ކަމަށެވެ.
“އަހަރެންގެ އެކައުންޓުން ތީގެ ތެރެއިން އެއްވެސް މީހަކަށް މެސެޖެއް ލިބުނަސް އެއީ އަހަރެން ކުރާ މެސެޖެއް ނޫންކަން ހަނދާނުގައި ބަހައްޓާތި!! މި ޚަބަރު އެހެން މީހުނަށް ފޯރުކޮށްދިނުމުގައި އަހަންނަށް އެހީތެރިވެދިނުން އެދެން!!” ޝަލަބީ އިތުރަށް ބުނެފައިވެއެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލައި މިހާރު ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ޝަލަބީގެ އިންސްޓަގްރާމް ވެރިފައިކޮށްފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ފޭސްބްކް އެކައުންޓް މި ދިޔަ އަހަރު ސެޕްޓެމްބަރު 17ގައި ވަނީ ވެރިފައިކޮށްފައެވެ.
ޝަލަބީގެ އިންސްޓަގްރާމްގައި 51 ހާހަށް ވުރެން ގިނަ ފޮލޯވަރސް ތިބިކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި