ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ޒާރާ ނޫރް އައްބާސް ޓައިޓްލް ރޯލުން ފެނިގެންދާ ”ބާދްޝާހ ބޭގަމް“ މިރޭ ފަށައިފިއެވެ.
ޒާރާގެ އިތުރުން ފަރްހާން ސައީދު، ޢަލީ ރަޙުމާން ޚާން އަދި ކޯމަލް މީރް އިސް ރޯލުތައް ކުޅެފައިވާ ”ބޭގަމް ބާދުޝާހް“ ގެ މުހިންމު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަމަން އަންސާރީ، ޔާސިރް ޙުސައިން، ޝާހްޒާދު ނަވާޒް އަދި ހިބާ އަޒީޒް ހިމެނެއެވެ.
”ބާދްޝާހ ބޭގަމް“ ގައި ކިޔައިދެނީ ތިމާ ބޭނުންވާ ކޮންމެ އެއްޗަކީ ހާސިލުވާން ޖެހޭ އެއްޗެއްކަމަށް ޤަބޫލުކުރާ އަންހެންކުއްޖަކު ލޯބިވާ ފިރިހެންމީހާ، އޭނާގެ ކޮއްކޮދެކެ ލޯބިވުމުން އެ ކޮއްކޮގެ ހަތުރަކަށް ދައްތަ ވުމަށްފަހު ހިނގާ ކަންތައްތަކެކެވެ.
ސާޖީ ގުލް ލިޔެ، ޚިޒާރް އިދުރީސް ޑައިރެކްޓްކޮށްފައިވާ ”ބާދްޝާހް ބޭގަމް“ އަކީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އާއި ރަފޭ ރަޝްދީ ގުޅިގެން އުފައްދާފައިވާ ޑްރާމާއެކެވެ.
މިރޭ ހަމް ޓީވީން ”ބާދްޝާހ ބޭގަމް“ ދައްކަން ފެށިއިރު، މި ޑްރާމާގެ އާ އެޕިސޯޑެއް ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައި ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ. މިރޭ މި ޑްރާމާ ފެށުމާއެކު، ކުރިން އެ ގަޑީގައި ގެނެސްދެމުން އައި ”އިބްނި ހައްވާ“ ގެނެސްދޭ ގަޑި ވަނީ ހޮނިހިރު ދުވަހުގެ ރޭ 20:00 އަށް ބަދަލުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި
- 30 ޑިސެމްބަރ 2025ޚަބަރުއަނެއްކާވެސް ރަންވީރާއި އާލިއާ އެކުގައި
- 30 ޑިސެމްބަރ 2025ޚަބަރުބޮލީވުޑުން ހަދާ އެންމެ ބޮޑު ގޯހަކީ އަމިއްލަ ސަގާފަތް ދޫކޮށްލުން: ޝޭކަރް ކަޕޫރް




