ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ލިިއޯނީ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ސަނީ ލިިއޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އޭނާ ޗުއްޓީހޭދަކުރަމުން ދަނީ އާއިލާއާއެކު ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގަ އެވެ.

ޗުއްޓީއަށް ސަނީ ރާއްޖެ އައީ މިމަހު 21 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

ސަނީ ލިިއޯނީގެ މި ދަތުރުގެ މަންޒަރުތައް އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު، ފޭނުންނާއި މީޑިއާގެ ކަޅިތައް އެ ފޮޓޯތަކަށް ހުއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ. ބޮލީވުޑްގެ މީޑިއާތަކުން މި ފޮޓޯތަކާއެކު ޚަބަރުތައް ފަތުރަމުން އަންނައިރު، ރާއްޖޭގެ ހިތްގައިމުކަމުގެ ވާހަކަތައްވެސް ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ސަނީގެ މި ޗުއްޓީގައި މި މަހުގެ 26 އާއި ހަމައަށް ރާއްޖޭގައި މަޑުކުރާނެއެވެ.

2012 ވަނަ އަހަރު ޖިސްމު ދެއަކުން ބޮލީވުޑް ކެރިއަށް ފެށި ސަނީ މިހާތަނަށް 29 ފިލްމެއް ކުޅެފައިވެއެވެ. ހަތް ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top