އެޓާރނަލް ޕިކްޗަރސްގެ ފީޗާރ ފިލްމު “ލަސްވިޔަސް”ގެ ޝޫޓިންގެ ތެރެއިން ބ. ކަމަދޫގައި ނަގަން ހުރި މަންޒަރުތައް ކާމިޔާބުކަމާއެކު ނަގައި ނިންމާލެއްވިޖެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ.
އެޓާރނަލް ޕިކްޗަރސްއިން މިހެން ބުނެފައިވަނީ މީސްމީޑިއާ މަންސައެއްގައި މިއަދު މެންދުރުފަހު ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ހިމަނާފައިވާ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ތިބީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހިމާއި ހުނަރުވެރި ޑައިރެކްޓަރު މުޙައްމަދު ނިޔާޒް ޓެޑްރީއެވެ. މި ފޮޓޯގައިވެސް ޒޯޔާ ފެންނަނީ ކޮންމެވެސް ވަރުގަދަ ސީރިއަސް ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއްގެ ގޮތުގައެވެ. އެގޮތުން ޒޯޔާގެ ނޭފަތަށް އޮކްސިޖަން ހޮޅި ގުޅާފައި ހުރެއެވެ.
އާއްމުކޮށްފައިވާ ދެވަނަ ފޮޓޯގައި ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވި ޓީމު އެއްކޮށް ފެނިގެންދެއެވެ. ފޮޓޯއިން ފެންނަން ތިބި މީހުންގެ ތެރޭގައި ފިލްމުގެ ލީޑް ތަރިންނާއި އިތުރު ރޯލުތައް ކުޅޭ ތަރިންގެ އިތުރުން ޓެކްނިކަލް ޓީމުގެ މެންބަރުން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މި ޓީމުގެ ތެރޭގަައި ކެމެރާ ކުރިމަތިން ފެނުން ހުއްޓާލާފައިވާ ހުނަރުވެރި އެކްޓްރެސް ނިޢުމާ މުޙައްމަދު ވެސް އިންނަކަން ފާހަގަވެއެވެ.
“ލަސްވިޔަސް”ގެ ޝޫޓިން ފަށާފައިވަނީ މިމަހު 11 ވަނަ ދުވަހު އެވެ. މިއީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ހަދަނީ މުހައްމަދު އިކްރާމްއެވެ.
”ލަސްވިޔަސް“ގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ ޓިކްޓޮކް އަދި ޓީވީ ޕްރެޒެންޓިންއިން މަޝްހޫރުކަން ހޯދާފައިވާ މަރްޔަމް ޝިފާ (މަރްޔަމް ޝިފް)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.
”ލަސްވިޔަސް“ގައި މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ފެނިގެންދާނީ ’ޔުސްރާ’ގެ ކެރެކްޓަރއިން ނެވެ. އާނަންދު ފެނިގެންދާނީ ’އިޤްބާލު‘ ކިޔާ މީހެއްގެ ކެރެކްޓަރއިންނެވެ. ޒޯޔާ ފެނިގެންދާނީ ’ހަމްރާ’ގެ ކެރެކްޓަރ އިންނެވެ.

“ލަސްވިޔަސް” ބ. ކަމަދޫ ޝޫޓްގަެ ބައިވެރިން – ފޮޓޯ އެޓާރނަލް ޕިކްޗާރސް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި