ފިލްމު ”ބްރަހްމަސްތުރާ“ގެ އާ ޓީޒާއެއް މިއަދު ނެރެފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ ޓްރެއިލާ ޖޫން މަހުގެ 15 ވަނަ ދުވަހު ނެރޭނެ ކަމަށް ވެސް މިއަދު ނެރުނު ޓީޒާއާ އެކު އިޢުލާނުކޮށްފައިވެ އެވެ.
”ބްރަހްމަސްތުރާ“ގެ ޕްރޮމޯޝަންތައް މިއަދު ފަށާފައިވަނީ އަޔާން މުކަރްޖީ، ރަންބީރް ކަޕޫރް އަދި އެސްއެސް ރާޖާމޯލީ އަންދްރާޕްރަދޭޝްގެ ވިޝާކާޕަތުނަމް ސިޓީއަށް ގޮސް ފިލްމުގެ ފެށުން ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގަ އެވެ. މި ރަސްމިއްޔާތުގައި ފިލްމުގެ އައު ޓީޒަރއެއް ރިލީޒްކޮށް ފިލްމުގެ ހުރިހައި ތަރިން ތަޢާރަފްކުރި އެވެ.
ފިރިމީހާ ރަންބީރް ކަޕޫރްގެ ބައިވެރިއެއްގެ ގޮތުގައި މި ފިލްމުގައި ހަރަކާތްތެރިވާ އާލިއާ ބަޓް އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ އައު ޓީޒަރ ހިއްސާކޮށްފައިވެ އެވެ.
”މީގެ 100 ދުވަސް ފަހުން، ފިލްމު ”ބްރަހްމަސްތުރާ: ޕާޓް އެކެއް“ މިއީ ތިޔަ އެއްމެންގެ އެއްޗެއް. ޓްރެއިލަރ ނެރޭނީ ޖޫން 15ގަ.“ ޓީޒަރ އާއްމުކުރަމުން އާލިޔާ ލިޔެލާފައިވެ އެވެ.
View this post on Instagram
ދަރްމާ ޕްރޮޑަކްޝަންގެ ސްޓާ ސްޓޫޓިއޯސް، ޕްރައި ފޯކަސް އަދި ސްޓަރލައިޓް ޕިކްޗަރޒް ގުޅިގެން އުފެއްދި ”ބްރަހްމަސްތުރާ“ ސިނަމާތަކުގައި އަޅުވާނީ 09 ސެޕްޓެމްބަރު 2022ގަ އެވެ. ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން މި ތާރީޚްގައި ފިލްމު ރިލީޒްކުރާނެ އެވެ. މި ވަރުގަދަ އާޓް ފިލްމުގައި އަމީތާބް ބައްޗަން، ރަންބީރް ކަޕޫރް، އާލިއާ ބަޓް، މޯނީ ރޯއީ އަދި ނާގްއަރްޖުނާ އައްކިނޭނީ ހަރަކާތްތެރިވެ އެވެ.
ފިލްމު ޑައިރެކްޓްކުރީ، ރަންބީރް ހިމަނައިގެން ކުޅެފައިވާ ފިލްމުތައް ކަމަށްވާ ”ވޭކަޕް ސިޑް“، ”ޔޭ ޖަވާނީ ހޭ ދިވާނީ“ ފަދަ ފިލްމުތައް ޑައިރެކްޓްކުރި އަޔާން މުކަރްޖީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި




