ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިސްކޯފުގެ “ރިމްޝާ” ދައްކަން ފަށައިފި

ބައިސްކޯފުން ޕްރޮޑިއުސްކޮށް، މީ ޕްރޮޑަކްޝަނުން އުފައްދާފައިވާ ވެބް ސީރީޒް “ރިމްޝާ” ދައްކަން ފަށައިފިއެވެ.

ރޭ ބައިސްކޯފުން ދައްކަން ފަށާފައިވާ “ރިމްޝާ” ގައި ދައްކުވައިދޭނީ އުފާވެރި އާއިލާއަކާއި ގުޅޭ ބައެއްގެ ސަބަބުން އެ އާއިލާއަށް ދިމާވާ ހިތްދަތި ހާދިސާތަކެކެވެ.

އަޙްމަދު އަޒްމީލް (އަޒޭ)، ލަހުފާ (ލަހޫ)، ހާމިދު ޢަލީ، މުޙައްމަދު އަފްރާހް އަދި އާމިނަތު ޝުހާ މައިގަނޑު ރޯލުތަކުން ފެނިގެންދާ “ރިމްޝާ” އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒެކެވެ.

މުޙައްމަދު އަބޫބަކުރު (މާއެނބޫ) ގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ “ރިމްޝާ” ކެމެރާކޮށް، އެޑިޓްކޮށް، ޑަބްކުރީވެސް މާއެނބޫއެވެ. މޭކަޕްތައް ކޮށްދީފައިވަނީ މަރިޔަމް ޝިއުރާ، އާމިނަތު ޝުހާ އަދި ލަހޫއެވެ.

އައްޔުމަން ޝަރީފް ބެކް މިއުޒިކް ތައްޔާރުކޮށްދީފައިވާއިރު، ލަވައިގެ މިއުޒިކާއި ރާގު އަދި ޅެން ހަދައިދީފައިވަނީ ޙުސައިން ސޮބާޙްއެވެ. ލަވައިގެ އަޑުގެ ވެރިންނަކީ ޙުސައިން ސޮބާޙް އަދި ޢާއިޝަތު ރިފުޒާ (ރިފޫ) އެވެ.

ބައިސްކޯފު އޮރިޖިނަލްސްގެ “ރިމްޝާ” ޑައިރެކްޓްކުރީ މިދިޔަ އަހަރު “ނަފްސު” ގެ ނަމުގައި ވެބް ސީރީޒެއް ގެނެސްދިން ޢަލީ ޝަޒްލީމްއެވެ. ކޮންމެ ބުދަ ދުވަހެއްގެ ރޭ “ރިމްޝާ” ގެ އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

މީ ޕްރޮޑަކްޝަންގެ އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

 

View this post on Instagram

 

A post shared by Baiskoafu (@baiskoafu)

 

View this post on Instagram

 

A post shared by Baiskoafu (@baiskoafu)

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top