2021 ވަނަ އަހަރުން ފެށިގެން ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކުލާހާއި ދިގު ރާގު ދަސްކޮށްދިނުމުގެ ކުލާސް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނެފި އެވެ.
”އެންމެ 3 އަހަރުގެ މުއްދަތުގައި ކީރިތި ޤުރުއާން ހިތުދަސް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ޝަހާދަތުލް ޤުރުއާން އޮންލައިން ހިތުދަސް ކުލާހުންވަނީ ފުރުސަތު ހުޅުވާލާފައި. އަދި ޚާއްސަކޮށް ޤުރުއާން ކިޔަވާދެއްވާ ބޭފުޅުންނާއި ޤާރީ ލެވެލް ހަދާފައިވާ ބޭފުޅުންނަށް އެންމެ 3 މަސް ދުވަހުގެ ތެރޭގައި ދިގު ރާގު ދަސްކޮށްދިނުން ވެސް އޮންނާނެ.“ ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ކުރިއަށް އޮތް ކުލާސްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން، ނަން ނޯޓް ކުރެއްވުމަށް 28 ޖުލައި އިން 7 އޮގަސްޓްގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވެ އެވެ. ނަންނޯޓުކުރެއްވުމަށް 9919011 ނަންބަރަށް ފުރިހަމަ ނަން، އުމުރު އަދި ވަޓްސްއެޕް ބޭނުންކުރައްވާ ނަންބަރު ފޮނުވުމަށް ޝަހާދަތުލް ޤުރުއާން އޮންލައިން ހިތުދަސް ކުލާހުން އެދެ އެވެ.
ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ 2021 ވަނަ އަހަރުގެ ޚުލާޞާ ނަތީޖާއަށް ބަލައިލާއިރު، ޙާޞިލްކުރެވިފައިވާ ނަތީޖާއާމެދު ކުލާހުގެ ދަރިވަރުން، ބެލެނިވެރިން އަދި ކުލާސް ހިންގެވި ފަރާތުންވެސް ތިއްބެވީ ނުހަނު ހިތްހަމަޖެހިފައެވެ. އެގޮތުން، އުމުރުން 12 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއް ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ކަމަށް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނެއެވެ. އެއީ ތ. އަތޮޅާއި ރ. އަތޮޅަށް ނިސްބަތްވާ ދެ ދަރިވަރުންނެވެ.
ކުލާހާއި ގުޅޭ އިތުރު މަޢުލޫމާތު ވެސް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ ނަންބަރު 9919011ން ސާފުކުރެވޭނެއެވެ.
މި ކުލާހުގެ މުދައްރިސަކީ ރާއްޖޭގައި ގިނަ އަހަރު ތަކެއް ވާންދެން ޤުރުއާން ކިޔަވައިދެއްވުމުގައި ހޭދަކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގެ އިތުރުން ތަޖުވީދު ޢިލްމުގެ ފޮތްތައް ދިވެހިބަހުން ލިޔުއްވައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




