މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށް އޯކޭޒް އިންކް އިން އުފައްދާ ”ގުދަން“ ބައިސްކޯފަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
މިއީ ތީމެއްގެ ގޮތުގައި ’ލަދުވެތިކަން‘ ދައްކައިދޭނެ ސީރީޒެއް ކަމަށާ މީގެ އިތުރުން ބާރެއްނެތި އުޅެން ޖެހުމުން ދިރިއުޅުމުގެ ކަންކަމަށް އަސަރުފޯރުވާ ގޮތާއި އެފަދަ ކަންކަމާމެދު އިހުމާލުވުމުން ދެން ކަންތަައްތައް ބަދލުވެގެންދާ ގޮތް ފެނިގެންދާނެ ސީރީޒެއް ކަމަށް މުނިއަވަސް އަށް މުންކޮ ބުންޏެވެ.
”އަހަރުމެންނަކީ ކޮން ބައެއްކަން އެނގޭނީ ކޮންމެވެސް މީހަކު އެކަން ފާހަގަކުރުމުން.“ ވެބް ސީރީޒް ”ގުދަން“ގެ އިތުރު މަޢުލޫމާތެއް ދިނުމަށް އެދުމުން މުންކޮ ފާހަގަކުރި އެވެ.
މަހްދީ އަޙްމަދުގެ ސްކްރީންޕްލޭއަކަށް އުފައްދާ ”ގުދަން“ގެ މާގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައި ނުވިޔަސް މި ސީރީޒުގެ މުހިންމު ކެރެކްޓަރ އަކުން މުޙައްމަދު އަފްރާހް ފެނިގެންދާނެކަން ފާހަގަކޮށްލެވެ އެވެ.
ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލަރއިން ގިނަ މޫނުތަކެއް ފެނިގެންދާއިރު، މިއީ ގުދަނެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައުދޭނެ ސީރީޒެއްކަމަށް ބެލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



