މީގެ 20 އަހަރު ކުރިން ސްޓާޕްލަސް އިން ދެއްކި މަޝްހޫރު ސީރީޒް “ކަސައުޓީ ޒިންދަގީ ކޭ” އަނެއްކާވެސް ސްޓާޕްލަސް އިން ދައްކަން ފަށައިފި އެވެ. މިއީ މި ސީރީޒް ބަލައިލުމުގެ ފުރުޞަތު ލިބިފައި ނެތް ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުޞަތަކަށް ވާނެ އެވެ. އަނެއްކާވެސް ސްޓާޕްލަސްގެ ބެލުންތެރިންގެ ހިތްތައް ޕްރޭނާ އަދި އަނޫރާގްގެ ލޯބީގެ ވާހަކައިން އަތުލާނެ އެވެ.
ސްޓާޕްލަސްގެ މަޝްހޫރު ސީރީޒް “ކަހާނީ ގަރް ގަރް ކީ”އަށް ފަހު މިފަހަރު ސްޓާޕްލަސް އިން ދައްކަން ފަށާފައިވަނީ “ކަސައުޓީ ޒިންދަގީ ކޭ” އެވެ. މި ޝޯވ ކޮންމެ ދުވަހަކު ރާއްޖޭ ގަޑިން 14:00ގައި ސްޓާޕްލަސް އިން މިހާރު ބަލައިލެވޭނެ އެވެ. މީޑިއާނެޓްގެ ޗެނަލް 850 އަށް ޓިއުންކޮށްލާށެވެ.
“ކަސައުޓީ ޒިންދަގީ ކޭ”ގައި އަނޫރާގު އަދި ޕްރޭނާގެ ލޯބީގެ ބަގީޗާގައި ފޮޅުވާ ހިތްގައިމު މާތަކުގެ މީރުވަހުން ބެލުންތެރިންގެ ހިތްތަކަށް އުފާވެރިކަން ލިއްބައިދޭ އިރު، ކޮމޯލިކާގެ އެހެރަ އަދާގެ ސަބަބުން ޒުވާން ފިރިހެންވެރިންގެ ހިތްތައް ކަތިލެވޭނެ އެވެ. ހަމަ އެހެންމެ މިސްޓަރ ބަޖާޖްގެ ހައިބަވެތި ކަމާއި މުއްސަނދިކަން ފެނި ހައިރާންވާނެ އެވެ.
2001 ން 2008 އަށް ސްޓާޕްލަސް އިން ދެއްކި މި ސީރީޒްގައި އަނޫރާގްގެ ރޯލު ކުޅެފައިވަނީ ސިޖެން ޚާން އެވެ. ޕްރޭނާގެ ރޯލު ކުޅެފައިވަނީ ޝްވެތާ ތިވާރީ އެވެ. ބަޖާޖްގެ ކެރެކްޓަރ ކުޅެފައިވަނީ ރޯނިތު ރޯއީ އެވެ. ކޮމޯލިކާގެ ރޯލު ކުޅުނީ އުރްވަޝީ ޑޮލަކިއާ އެވެ.
https://www.youtube.com/watch?v=vDBz8NvAbAs
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި