ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓަރ ނެޓްވޯކުން އަކްޝޭގެ “ކަޓްޕުތުލީ” ބޮޑު އަގުގައި ގަނެފި

ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާރ އިން އަކްޝޭގެ ކުމާރުގެ ފިލްމު “ކަޓްޕުތުލީ” ޑިޖިޓަލް ޕްރިމިއާ އެއް ބާއްވަން ތައްޔާރު ވެފައިވާއިރު، އެ ފިލްމު ވަނީ ސްޓަރ ނެޓްވޯކުން 180 ކުރޯޑް ރުޕީސްއަށް ގަނެފައެވެ.

“ކަޓްޕުތުލީ”ގެ ޑިޖިޓަލް ރައިޓްސްއަށް ގާތްގަނޑަކަށް 135 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވާއިރު، ސެޓެލައިޓް އަދި މިއުޒިކަށް 45 ކުރޯޑް ރުޕީސް ވަނީ ލިބިފައި.”

ވިޔަފާރީގެ މަސްދަރަކުން ހާމަކުރި ގޮތުގައި ސްޓަރ ނެޓްވޯކާ އެއްކޮށް އޮތް ބްލޭންކެޓް ޑީލަކީ ގާތްގަނޑަކަށް 180 ކްރޯޑް ގެ ރުޕީސްގެ ޑީލެކެވެ.

ޕޫޖާ އެންޓާޓެއިންމެންޓުން ޕްރޮޑިއުސް ކޮށްފައިވާ “ކަޓްޕުތުލީ” ޑައިރެކްޓްކޮށްފައި ވަނީ ރަންޖީތު ތިވާރީ އެވެ. މިއީ 2021 ވަނަ އަހަރު ރިލީޒްކުރި ތްރިލާ ފިލްމެއް ކަމަށްވާ “ބެލް ބޮޓޮމް” އަށްފަހު ޕޫޖާ އެންޓަރޓައިންމެންޓާއި ރަންޖީތު އާއެކު އަކްޝޭ ކުޅެފައިވާ ދެވަނަ ފިލްމެވެ. މި ފިލްމުގައި އަކްޝޭގެ އިތުރުން އަންހެން ލީޑު ކުޅެފައިވަނީ ރަކުލް ޕްރީތު ސިންގް އެވެ.

“ކަޓްޕުތުލީ” އަށް ބަލާލާއިރު، ބޮލީވުޑް ފިލްމަކަށް ޑިޖިޓަލް ޑީލަކަށް އެންމެ ބޮޑު އަގެއް ލިބިފައިވާއިރު، އެންމެ ބޮޑު އަގެއް ލިބިފައިވާ ފަސް ފިލްމުގެ ތެރެއިން ތިން ފިލްމަކީ އަކްޝޭ ކުމާރުގެ ފިލްމު ތަކެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަބީޝެކް ޝަރްމާ ރިލީޒް ކުރާ ފިލްމް “ރާމް ސެތޫ” އިންނެވެ. މި ފިލްމަކީ މުޅި ދުނިޔޭގެ ސިނަމާތަކުގައި މިއަހަރުގެ ދިވާލީގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ. މި ފިލްމުގެ އިތުރުން އަލީ އައްބާސް ޑައިރެކްޓްކުރާ “ބަޅޭ މިޔާނ ޗޯޓޭ މިޔާނ” އިން އަކްޝޭ ފެނިގެން ދާނެއެވެ. އަކްޝޭގެ އިތުރުން ޓައިގަރ ޝްރޮފް ވެސް މި ފިލްމުގައި ހަރަކާތްތެރިވާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top