ސޮނީ ޓީވީން ދެއްކި ރިއަލިޓީ ޝޯވ، ކުޑަކުދިންގެ ލަވަކިޔުމުގެ ހުނަރު ދައްކުވައިދޭ “ސުޕަރސްޓަރ ސިންގަރ” ގެ ދެވަނަ ސީޒަން، މުޙައްމަދު ފާއިޒް ކާމިޔާބުކޮށްފި އެވެ. ފާއިޒު މި ޝޯވ ކާމިޔާބުކުރީ ފަސް ފައިނަލިސްޓުންނާ ވާދަކޮށްގެންނެވެ. ޖޯދްޕޫރަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ފާއިޒް، ޝޯ ކާމިޔާބުކުރުމުން ޓްރޮފީއާ އެކު 15 ލައްކަ ރުޕީސް ވެސް ލިބުނެވެ.
ޓީމުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފާއިޒު ވާދަކުރީ އަރޫނިތާ ކަންޖިލާލްގެ ޓީމުންނެވެ. ފާއިޒު މި މުބާރާތުގެ އެއްވަނަ ހޯދީ ފައިނަލްގައި މަނީ އަދި ޕްރަންޖަލް ބިސްވާސް، ޝަޔިޝާ ގުޕްތާ، އަރްޔަނަންދާ އާރް ބާބޫ އަދި ތިތޫރާޖް އާ ވާދަކޮށްގެންނެވެ.
ހިމޭޝް ރޭޝްމިޔާ، އަލްކާ ޔަގްނިކް އަދި ޖާވިދް އަލީ ފަނޑިޔާރުކަންކުރި މި މުބާރާތުން ފާއިޒަށް އެއްވަނަ ލިބި ސޮނީ ޓީވީން ދޭ ‘ސިންގިންގ ކާ ކަލް’ގެ ތާޖު ދީފައިވެއެވެ.
ޝޯ ކާމިޔާބުކޮށް، އިންޑިއާގެ ބައެއް ނޫސްތަކަށް ފާއިޒު ބުނީ، އެ ޝޯގައި ބައިވެރިވުމަކީ ވެސް ހަޔާތުގައި ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ޝޯވގެ އޮޑިޝަނަށް ދިޔައިރު ޓޮޕް ހަޔަކާ ހިސާބަށް ދާނެ ކަމަށް ވެސް އޭނާ އެއްގޮތަކަށް ވެސް އުއްމީދު ނުކުރާ ކަމަށެވެ.
“މިވަގުތު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން ވެސް ނޭނގޭ. މިއީ ހުވަފެނެއްހެން އަދިވެސް ހީވަނީ. ޝުކުރު އަދާކުރަން ބޭނުންވަނީ ލޯތްބާއި ވޯޓު ދިން ސަޕޯޓަރުންނަށް.” ޝޯ ކާމިޔާބުވެ ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި