އދ. އޮމަދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އޮމަދޫ ކައުންސިލް ގުޅިގެން ގޭގައި ބަގީޗާހެއްދުމާއި ފެނުގައި ގަސްހައްދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް އދ. އޮމަދޫގައި ކުރިއަށް ގެންގޮސްފި އެވެ.
2022 އޮގަސްޓް މަހުގެ 17 އިން 27ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އދ. އޮމަދޫ ރަށު ކައުންސިލްގެ އެދިލެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވަ އެވެ. މި ތަމްރީން ޕްރޮގްރާމުގައި 34 މީހުން ބައިވެރިވެފައި ވެއެވެ.
މިތަމްރީން ޕްރޮގްރާމްގައި ގޯތި ތެރޭގައި އޮންނަ ހުސްބިމުގައި ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާ ހައްދާނެ ގޮތާއި އެހެނިހެން ގަސްގަހާގެހި ހައްދާ ބެލެހެއްޓުމާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ. މިޕްރޮގްރާމްގެ ތެރެއިން ބައިވެރިންގެ ގޭގެޔަށް ޒިޔާރަތްކޮށް ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމާއި، ބޭނުންކުރާ ގަސްކާނާ އާއި ގަހަށްޖަހާ ބޭސް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި، ގޯތިތެރެއިން އުކާލާ ފީވެ ހަލާކުވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ކާދު ނުވަތަ ގަސްކާނާ ތައްޔާރު ކުރާނެގޮތް ދަސްކޮށްދީ، ބައިވެރިންވަނީ އަމަލީގޮތުން އެކަންތައްތައް ތަޖުރިބާ ކޮށްފައެވެ.

މީގެ އިތުރުން ދިރޭ ސޫފާސޫފީގެ ސަބަބުންނާއި ޖަރާސީމްގެ ސަބަބުން ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނޭ ގޮތާއި އެބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ތިމާވެށްޓާއި ރައްޓެހި ގޮތްތައް ކިޔައި ދީފައިވާނެއެވެ. އަދި ފެނުގައި ގަސްއިންދާ ހެއްދުމުގެ ތަފާތު ނިޒާމުތަކާއި، އެނިޒާމު ތަކުގައި ލެޓިއުސް، ކިއުކަންބާ، މެލަން ހައްދާނެ ގޮތުގެ މައުލޫމާތު ޕްރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދީފައިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ޙަފްލާގައި، ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ފުރިހަމަ ކުރެއްވި އެންމެހާ ބައިވެރިންނަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ހަނދާނީ ލިޔުން ދީފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




