📼 ރަންބީރް ކަޕޫރް އަދި އާލިޔާ ބަޓް ލީޑުން ފެނިގެންދާ ފިލްމު “ބްރަހްމަސްތުރާ” ދުނިޔޭގެ ބޮކްސް އޮފީހުގެ އެންމެ އުހަށް ޖެހިލައި 300 ކްރޯޑް ރުޕީސް ހޯދާފައިވޭ.
އަޔާން މުކްރަޖީގެ “ބްރަހްމަސްތުރާ” އަށް ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނަ މަގާމު ހާސިލުކުރެވި، ފިލްމު ރިލީޒްކުރިތާ ދިހަ ދުވަހަށް ވުރެންވެސް ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއަން ރުޕީސްގެ 300 ކްރޯޑްގެ ނަފާ ހޯދައިފި އެވެ.
ޑައިރެކްޓްރ/ޕްރޮޑިއުސަރ ކަރަން ޖޯހަރް، މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މިކަމާ ގުޅޭ ޚާއްޞަ ޕޯސްޓެއް އިންސްޓަގްރާމުގުގައި ޖަހާފައިވެ އެވެ. އެ ޕޯސްޓްގައި ކަރަން ޖޯހަރް ލިޔެލާފައިވަނީ: “ލޯތްބާއި އަލިކަން ބޮކްސް އޮފީހުގެ އެއްވަނައިގައި ވެރިކަންކުރަނީ. ދެވަނަ ހަފުތާއަށް މި ޖެހިލަނީ ޝުކުރުވެރިކަމާ ފޯރިއިން ފުރިފައިވާ ހިތަކާއެކު.” މިހެން ނެވެ.
View this post on Instagram
މި ފިލްމު މުޅި ދުނިޔެއަށް ރިލީޒްކުރީ ސެޕްޓެމްބަރު 09ގަ އެވެ. ފިލްމުގެ ލީޑުން ފެނިގެންދާ ރަންބީރް ކަޕޫރް ދާދިފަހުން އޭނާގެ ފޭނުންނަށް އަމާޒުކޮށް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަަށްވުރެން ވަކީން ވަރުގަދަ ބްރަހްމަސްތުރާ ނުވަތަ ހަތިޔާރެއް ނުލިބޭނެ ކަމަށެވެ.
އިންޑިއާ ޓްޑޭ އިން ރިޕޯޓްކުރާގޮތުން “ބްރަހްމަސްތުރާ” އަކީ ޓްރިލޮޖީ (އެއް ވާހަކަ އަނެއް ވާހަކައާއި ގުޅިފައިވާ ތިން ވާހަކަ) ހިމެނޭ ފިލްމެއް ކަމަށެވެ. މި ފިލްމުގެ ދެވަނަ ބައި ނެރޭނީ 2025ގައި ކަމަށް އަޔާން މުކަރްޖީ އާ ހަވާލާދީ އެ ނޫހުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި