ޕާކިސްތާން ޑްރާމާ ”ޤަލަންދަރް“ އަންނަ ހުކުރު ދުވަހުގެ ރޭ (14 އޮކްޓޯބަރު) ގައި ފަށަން ނިންމައިފިއެވެ.
މުނީބް ބަޓް، ކޯމަލް މީރް އަދި ޢަލީ އައްބާސް އިސް ރޯލުތަކުން ފެނިގެންދާ ”ޤަލަންދަރް“ ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިބާ އަޒީޒް، ކިންޒާ މާލިކް، ކާޝިފް މަހްމޫދު، ނޫރުލް ޙަސަން، ޢަލީ ތާހިރް، ނައިމާ ޚާން، އަޙްމަދު އައްބާސް އަދި އުސްމާން ޗޯދަރީ ފަދަ ތަރިން ހިމެނެއެވެ.
”ކަހީނ ޑީޕް ޖަލޭ (2019)“ އާއި ”ތުމް ވަޖާ ހޯ (2020)“ ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ ސައިމާ ވަސީމް ޑައިރެކްޓްކޮށްފައިވާ ”ޤަލަންދަރް“ ގައި ކިޔައިދޭނީ ވަރަށް ދީންވެރި އަންހެންކުއްޖަކާއި ކާމިޔާބު ވިޔަފާރިވެރިޔަކަށް ވާން މަސައްކަތްކުރާ ޒުވާން ފިރިހެނެއްގެ ކައިވެންޏަށްފަހު ކަންތައްތައް ވެގެން ދާގޮތެވެ.
ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ”ޤަލަންދަރް“ އަކީ ”ގުލީ ރާނާ (2015)“ އަދި ”މުޖޭ ވިދާ ކަރް (2021)“ ފަދަ ހިތްގައިމު ޑްރާމާތަކެއް ލިޔެދީފައިވާ ސަމްރާ ބުޚާރީ ލިޔެދީފައިވާ ޑްރާމާއެކެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ޖީއޯ ޓީވީއިން ”ޤަލަންދަރް“ ދައްކަން ފަށާއިރު، ޑްރާމާގެ އާ އެޕިސޯޑްތައް ގެނެސްދޭން ނިންމާފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި މީގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ”ހަރްޕަލްޖީއޯ“ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




