ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިރާނީގެ ސައިކަލް ފެނިއްޖެ

ކުރީގެ މަޝްހޫރު ފިލްމީތަރި ޝިރާނީގެ ސައިކަލް ފެނިއްޖެ އެވެ. ޝިރާނީގެ ސައިކަލް ގެއްލިގެން އެކަން އާއްމުންނާ ހިއްސާކުރީ މިމަހު 08 ދުވަހު، ހުޅުމާލޭ ފޭސް ދޭއްގެ އެޗް14ގެ ބޭސްމެންޓްގައި ޕާކްކޮށްފައި ހުއްޓާ އޭނާގެ ސައިކަލް ގެއްލުމާގުޅިގެންނެވެ.

ކުރީގެ އެކްޓްރެސް، އަދި މުނިއަވަސް ޓީމުގެ މެންބަރު ޢާއިޝަތު ޝިރާނީ ބުނީ އޭނާގެ ސައިކަލް މިއަދު ފެނުނީ ހުޅުމާލޭ ފޭސް ދޭއްގެ އޮރެންޖް ޓަވަރުގެ އެޗް11ގެ ބޭސްމެންޓްގައި ޕާކްކޮށްފައި ހުއްޓާ ކަމަށެވެ.

“އަލްޙަމްދު ލިﷲ. ސައިކަލަށް އެއްވެސް ގެއްލުމެއް ދީފައެއް ނެތް.” ޝިރާނީ އިތުރަށް ބުނީ ސައިކަލްގެ ޕެޓްރޯލް ހުސްވާތީ ބަހައްޓާފައި ހުރީކަމަށް ބެލެވޭ ކަމަށެވެ.

ޝިރާނީގެ ސައިކަލް ގެއްލިގެން އޭނާ އާއްމުކުރި ޕޯސްޓާއި މުނިއަވަސް އިން އާއްމުކުރި އާޓިކަލް ވަރަށް ގިނަ ބަޔަކު އެކިއެކި މަންސަތަކުގައި ހިއްސާކޮށްފައިވެ އެވެ.

ފިލްމުކުޅުން ހުއްޓާލުމަށްފަހު އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ޝިރާނީގެ އަޑުގެ ހުނަރުވެރިކަން މުނިއަވަސްގެ ކުލަބްހައުސް ބައެއް ޕްރޮގްރާމުތަކުގެ އިތުރުން، ވާހަކަ އަދި އިޝްތިހާރުތަކުންނާއި ލަވައިން މާނަ ފަދަ ޚާއްޞަ ކަންތައްތަކުން އިވެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކެކެކެ3 އަހަރު ކުރިން

މަޖަލަށް ހާދަ ޖޭ ވީ. ބަޓް ސްޓިލް ޝީއިޒް ނަންވަރު ވަން

މަޖާ ހުވާ3 އަހަރު ކުރިން

addhey thiyothee vaa saikaleh. magey ribbon kolhehves gennijje. MUNI AVAHUN khabareh jahaadheeba

މިސް ޔޫ3 އަހަރު ކުރިން

ޓިކްޓޮކުން ވެސް ދުށިން ސަޅި ލަވައެއް

އައްޔަ3 އަހަރު ކުރިން

އަޅޭ ޝިރާނީއްތަ ދެން ފިލްމުކުޅެން ފަށާބަލަ. މުނިއަވަސް އިން ވަރަށް ސަޅި ލަވައެއްގެ މާނަ ކިޔިގޮތް

ރާޖާ3 އަހަރު ކުރިން

ތޭންކް ގޯޑް. އަދިވެސް ތީ މަގޭ ހިތުގެ ރާނީ. އައިމީން ފިލްމުތަކުން މަގޭޭ ހިތުގެ ރާނީ - ދަ ގްރޭޓް ޝިރާނީ

ފޭން3 އަހަރު ކުރިން

އަލްހަމްދުލިއްލާހި. ވަރަށް އުފާވެއްޖެ މަގޭ އެންމެ ފޭވް އެކްޓްރެސްގެ ސައިކް ފެނުނީމަ.

Home
Menu
Search
Back to top