ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނޫރާ” ގެ ޕޯސްޓަރު ރިލީޒްކޮށްފި

އައްޑޫ ސިޓީގައި ބޭއްވި ވަރުގަދަ ހަފުލާއެއްގައި ދިވެހި ފިލްމު “ނޫރާ”ގެ ޕޯސްޓަރު ރިލީޒް ކޮށްފިއެވެ. މި ހަފުލާ ބާއްވާފައިވަނީ މިމަހުުު 23 ވަނަ ދުވަހުގެ ރޭގައެވެ. މިއީ އައްޑޫ ސިޓީގައި ފިލްމެއް އުފައްދައި އެ ފިލްމުގެ ޕޯސްޓަރު ރިލީޒްކުރުމަށް ބޭއްްވި މިފަދަ ފުރަތަމަ ހަފުލާއެވެ.

ގްރީން އާރޓްސް ފިލްމް ޕްރޮޑަކްޝަން ގެ ދިވެހި ފިލްމު “ނޫރާ”ގެ ޕޯސްޓަރު ރިލީޒްކުރުމަށް ބޭއްވި ކުލަގަދަ ހަފްލާގައި ވާހަކަދައްކަމުން ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ ބަތަލު އަދި ގްރީން އާރޓްސް ޕްރޮޑަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމަން ޢަލީ ބުނީ އޭނާ އާއި މި ފިލްމްގެ ލީޑް އަންހެން ތަރި ޝަހޫ މީގެ ކުރިން އެކި ފިލްމްތަކުން ފެނިގެން ގޮސްފައިވިޔަސް، މިއީ އައްޑޫ އަދި ފުވައްމަލަކު ސިޓީގައި ފިލްމެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ.

މި ހަފުލާގައި މާލޭ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަޙްމަދު ނަރީޝް އާއި އައްޑޫ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޝުއާއު ބައިވެރިވެލެއްވި އެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވީ އައްޑޫ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.

މި ހަފްލާގައި ފިލްމުގައި ހަރަކާތްތެރިވި ތަރިންގެ އަގުވަޒަންކުރުމަށްޓަކައި އެ ފަންނާނުންނަށް ހަނދާނީލިޔުން ހަވާލުކޮށްފައިވެއެވެ. ހަނދާނީލިޔުންތައް ފަންނާނުންނާއި ހަވާލުކޮށްދެއްވީ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއެވެ.

މި ހަފްލާގައި މުނިފޫހިފިލުވުމުގެ ގޮތުން ވަނީ ތަމްސީލަކާއި ނެށުމުގެ ނަމްބަރެއްވެސް ގެނެސްދީފައެވެ.

ދިވެހި ފިލްމް “ނޫރާ”އަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމްގެ ތެރެއިން އާއިލީ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާ ގޮތް ފެނިގެންދާނެ ކަމަށް ގްރީން އާޓްސް އިން މުނިއަވަސް އަށް ބުންޏެވެ.

ދިވެހި ފިލްމް “ނޫރާ”ގެ މައިގަނޑު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި މަރިޔަމް ޝަހުޒާ (ޝަހޫ) އަދި އަޙްމަދު އަމަން ޢަލީ (ޓޮމް) ހިމެނެއެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅުމުގެ އިތުރަށް ފިލްމްގެ ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔަކީވެެސް ޝަހޫއެވެ.

[responsive-slider id=45203]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top