ތަމަޅަ އަދި ތެލަގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަޤުބޫލު ބަޠަލާ ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ ޖެކީ ބަގްނާނީއާ އެކުގައި ‘ފަރި އައިލެންޑްސް’ ރިޒޯޓްގައެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެންނަން ފަަށާފައިވާ ރަކުލް ޕްރީތު ސިންގް އަދި އޭނާގެ ލޯބިވެރިޔާ އަންނަނީ އެމީހުންގެ ޗުއްޓީގެ ބައެއް ހަނދާންތައް މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.
ރަކުލް އެންމެ ފުރަތަމަ ކުޅުނު ހިންދީ ފިލްމަކީ 2013ގައި ރިލީޒްކުރި “ޔާރިއާނ” އެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި ކަންނާޑާ ފިލްމު “ގިއްލި”އެވެ. އޭގެ ފަހުން ކުޅުނު ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަޖޭ ދޭވްގަނާއި ސިއްދާތު މަލޯތުރާ އެކްޓްކޮށްފައިވާ “ތޭންކް ގޯޑް”އެވެ.
2022 ވަނަ އަހަރުވެސް ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީހޭދަކޮށްފައިވެ އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!