ކާމިޔާބު ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ދިވެހި ފިލްމީ ދާއިރާގައި މީގެ ކުރިން އެއްވެސް ޕްރޮޑިއުސަރެއް ކޮށްފައިނުވާ އާކަމެއް ކޮށްލުމަށް މިހާރު މިވަނީ މަސައްކަތް ފަށާފައެވެ. ނަހުލާ ތައްޔާރުވަމުން އަންނަނީ ‘ހުވާ’ ގެ ނަމުގައި ވެބް ސީރީޒް އެއް ގެނެސްދިނުމަށެވެ.
ނަހުލާގެ އަމިއްލަ ސްކްރިޕްޓަކަށް ހަދާ މި ވެބް ސީރީޒްގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އެކްޓަރު މުހައްމަދު ފައިސަލާ އެކު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެވެ.
30 އެކްޓަރުން ފެނިގެން ދާނެ މި ވެބް ސީރީޒްގެ ޝޫޓިން ކުރިއަށްދަނީ ކ. ގުރައިދު އާއި މާލޭގައެވެ. ސީރީޒް ގެ ތަރިންގެ ތެރޭގައި އައިމިނަތު ރިޝްފާ، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮންއައްޔަ) އަދި ޝީލާ ނަޖީބް ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން އާ ތަރިން ތަކެއްވެސް ‘ހުވާ’ ގައި ހަރަކަކާތްތެރިވާނެ އެވެ.
ފިލްމު ޕްރޮޑިއުސް ކުރަނީ އާޓްގެ ދާއިރާއަށް ވަރަށް ބޮޑަށް ލޯބިކުރާ ފަރާތެއްގެ ބެކިން އާއިއެކުގައި ކަމަށް ނަހުލާ ވަނީ ބުނެފައެވެ. ނަމަވެސް ސީރީޒް ގެނެސްދެނީ އަމިއްލ ކުންފުނި ކްރިސްޓަލް އެންޓަޓެއިންމެންޓް ގެ ދަށުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!