ބިސް ބްރްޖީ އަކީ އިންޑިއާ ސްޓައިލްގައި ތައްޔާރުކުރާ ’ސްކްރޭމްބްލްޑް އެގް’އަށް ކިޔާ ނަމެކެވެ. މަދު މިންވަރަކަށް ހަވާދުގެ ބައެއް ބާވަތްތައް އެއްގޮށްގެން ތައްޔާރުކުރާ ބިސް ބްރްޖީ އަކީ ހެޔޮވަރު ވަރެއްގެ ރަހަތަކެއް އެކުލެވޭ ކާނާއެކެވެ. ކެއުމުގެ ކޮންމެ ވަގުތަކާވެސް ގުޅޭ، ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާއެއްވެސް މެއެވެ.
ބޭނުންވާނެ ތަކެތި:
🍳 4 ބިސް (ރަނގަޅަށް ފެނުކައްކާފައި)
🍳 5 ކަރަންފޫ
🍳 8 އަސޭމިރުސް އޮށް (ނުމުގުރާ)
🍳 1 ބޮނޑި ލޮނުމެދު
🍳 ހެޔޮވަރު ވަރެއްގެ އިނގުރުކޮޅެއް
🍳 4 ފިޔާ
🍳 2 ޓޮމާޓޯ
🍳 1 ސައިސަމުސާ ތެޅި މިރުސް
🍳 ރަހަލާ ވަރަށް ލޮނު
🍳 ކުޑަ ހަވާދު ކޮޅެއް (ޕެކެޓް ހަވާދު)
🍳 ލުނބޯ
🍳 ކޮތަންބިރި ފަތް
ތައްޔާރުކުރާނެ ގޮތް:
1- ރަނގަޅަށް ކައްކާފައި ހުރި 4 ބިސް ކޮށާފައި އެއްފަރާތެއްގައި ބަހައްޓާށެވެ.
2- ޕޭސްޓަކަށް ހަދާފައިހުރި ލޮނުމެދު، އަލުވި، އިނގުރު އަދި މިރުސްކޮޅު ގިރާލާފައި ރީތި ޕޭސްޓަކަށް ހަދާށެވެ.
3- ފިޔާ ކޮށާފައި ކުޑަ ތެތޮފޮދެއްގައި މުށިކުލަ އަރާވަރަށް ވަޅޯކޮށްލުމަށްފަހު ކޮށާފައި ހުރި ޓޮމާޓޯ އާއި ހަވާދުކޮޅާއި، ކަރަންފޫކޮޅު އަދި ތެޅިމިރުސްކޮޅާއި ލޮނު އެއްކޮށްލައި ރަނގަޅަށް ގަށާލާށެވެ.
4- ފަސް ވަރަކަށް މިނެޓް ފަހުން، ކޮށާފައި ހުރި ބިސްކޮޅުތައް އަޅާފައި ޓޮމާޓޯ، ލުނބޯ އަދި ކޮތަންބިރި ފަތް ޖަހައިގެން ޒީނަތްތެރި ކުރާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





މީރުވާނެހެން ހީވޭ