ބޮލީވުޑްގެ ސެލެބްރިޓީން ކަމުގައި ވިޔަސް، ސިނަމާއަށް ލޯބިކުރާ މީހުން ކަމުގައި ވިޔަސް، ކުޑަކުދިން ކަމުގައި ވިޔަސް، ނުވަތަ އުމުރުން ދުވަސްވީ މީހުން ކަމުގައި ވިޔަސް، ބޮލީވުޑާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ބަޔަކަށް މިވަނީ ފިލްމު ”ޖަވާން“ ހުމުގެ އަސަރުކޮށްފައެވެ. އެޓްލީ ކުމާރުގެ އަލަތު ހިންދީ ފިލްމު ”ޖަވާން“ގައި ޝާހްރުކް ޚާން ދެއްކި މޮޅު އެކްޓިންގެ ސަބަބުން ބޮލީވުޑްގެ އެކްޓަރުން ހައިރާންކޮށްލުވާފައިވެއެވެ.
ބެލުންތެރިންނަށް ”ޖަވާން“ ހުން ޖެހިފައިވާ މިންވަރަކީ މި ފިލްމުގައި ޝާހް ރުކް ޚާން ފެނިގެންދާ ގިނަ ލުކްސްތަކުގެ ތެރެއިން ކޮންމެވެސް އެއް ލުކެއްގެ ހެދުން އަޅައިގެން ބޮޑެތިމީހުންނާއި ކުޑަކުދިން ވެސް ސިނަމާތަކަށް ގޮސްފައިވުމެވެ.
”ޖަވާން“ގެ ހުމުގެ ވާހަކަދައްކާއިރު އުމުރުން ދުވަސްވީ އަންހެނަކު ފިލްމުގެ ’ޗަލޭޔާ‘ ލަވައިގެ ބީޓްތަކަށް ނަށާ ވީޑިއޯ މިހާރު މިވަނީ މީސްމީޑިއާގައި ވައިރަލްވެފައެއެވެ. މި ވީޑިއޯ ފެނި، ޝާހް ރުކް ޚާންގެ އަމިއްލަ ’އެކްސް‘ އެކައުންޓް މެދުވެރިކޮށް ވީޑިއޯ ހިއްސާކުރަމުން ބުނެފައިވަނީ ތިމަންނަވެސް ކަލޭގެ ޖާދޫގައި ޖެހިއްޖެ ކަމަށެވެ.
Wow!!! Main bhi Chaleya Teri Ore… big hug and love u https://t.co/Q0zR4d4zkU
— Shah Rukh Khan (@iamsrk) September 14, 2023
މީގެ އިތުރުންވެސް ފިލްމުގައި ޝާހް ފެނިގެންދާ އެކިއެކި ލުކްސްތަކުގެ ކޮސްޓިއުމް އަދި މޭކަޕްކޮށްގެން ތުއްތުކުދިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައްވެސް ޝާހް ރުކް ޚާންގެ އަމިއްލަ އެކައުންޓުން ހިއްސާކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ތުއްތު ކުއްޖެއް ޝާހްގެ ޕޯސްއެއްގައި އިންނަ ވީޑިއޯއެއް ހިއްސާކުރަމުން ބުނެފައިވަނީ ޚުދު ތިމަންނައަށް ވެސް އެވަރަށް އެ ޝޮޓް ނުޖެއްސޭނެ ކަމަށެވެ.
Ufff couldn’t have done it better myself…. Thank u my little #Jawan! https://t.co/kFNsIWSUFy
— Shah Rukh Khan (@iamsrk) September 14, 2023
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




