”ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން“ އަސަރާއި ސާބިތުކަމާއެކު އިއްވައިދިން މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޙްމަދު ދީދީ ނިޔާވެއްޖެ އެވެ.
ގދ. ތިނަދޫ/ސްޓާލިން, މަރިޔަމް ދީދީ (މަރިޔަމް ދައިތަ) ނިޔާވީ އުމުރުން 73 އަހަރުގަ އެވެ. މަރިޔަމް ދައިތަ ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
މަރިޔަމް އަހުމަދު ދީދީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައަކީ އުފަން ރަށް ތިނަދޫގެ ރީތިކަން ސިފަކޮށްދިން، މުޅި ރާއްޖެ ފަރިތަ ”ފެން މީރުވި ރީތި ރަށޭ މީ“ ލަވަ އެވެ. އުފަންވި އިރު ވެސް ލޯފަން މަރިޔަމް ދީދީގެ ދެން އެންމެ ޚާއްސަ އެއް ލަވަ އަކީ ”ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން“ އެވެ.
ފެނުމުގެ ހިއްސުން މަހްރޫމުވެފައިވާ މަރްޔަމް ދީދީއަށް 1982 ވަނަ އަހަރުގައި ސަރުކާރުން ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް އަރުވައިފަ އެވެ.
ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރައީސް ޞާލިޙަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ސަޕޯޓަރުންގެ ތެރެއިން މަރިޔަމްދީދީ ފެނިގެންދިޔައެވެ. ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި ގިނަ ވާހަކަތަކެއް މަރިޔަމްދީދީ އާއި ރައީސް ޞާލިޙާއި ދެމެދު ދެކެވުނެވެ.
@muniavas MariyamDidi Niyaavejje ފެނުމުގެ ހިއްސުން މަހްރޫމުވެފައިވާ މަރްޔަމް ދީދީއަށް 1982 ވަނަ އަހަރުގައި ސަރުކާރުން ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް ދެއްވާފައެވެ. #dhivehi #breakingnews #maldivestiktok #foryou #foryoupage #fvpviral #fvpシ #Thinadhoo #VivaCutApp ♬ Sad and lonely – MoppySound
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




