ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިމާލް އާއި ޖުމަލް އެއް ފިލްމަކުން ފެނިލުމަށް ތައްޔާރުވެއްޖެ

މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ އަޙްމަދު ނިމާލް އާއި އޭނާގެ ދަރިފުޅު އަދި މިހާރު އެންމެ ވިދަމުން އަންނަ ޒުވާން ތަރި ޖުމައްޔިލް ނިމާލް، އެއް ފިލްމަކުން ފެނިލުމަށް ތައްޔާރުވެފައި ވާކަމަށް ނިމާލް ބުނެފި އެވެ.

އަޙްމަދު ނިމާލް ގެ ފޭސްބްކް މެދުވެރިކޮށް މިއަދު ބުނީ ނިމާލްގެ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ހުރިހައިކަމެއް ފައިނަލް ކުރެވިއްޖެ ކަމަށާއި އެއީ އޭނާގެ ދަރިފުޅާއި އެކުގައި ފުރަތަމަ ފަހަރަށް އެއް ފިލްމުން ފެނިގެންދާނެ ފިލްމު ކަމަށެވެ. އަދި މި ފިލްމު ޝޫޓް ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖެ އާއި އަވަށްޓެރި ސްރީލަންކާގައި ކަމަށްވެސް ނިމާލް ގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ނިމާލް އާއި ޖުމަލް ގެ ފޮޓޯއަކާއި އެކުގައި ކޮށްފައިވާ މި ޕޯސްޓްގައި ނިމާލް ހަދަން ނިންމާފައިވާ ފިލްމާއިބެހޭ ފިލްމުގެ އިތުރު މަޢުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ފިލްމެއްގެ ހަމަ އެންމެ މަންޒަރަކުން ޚާއްޞަ ފެނިލުމެއްގައި ނިމާލް ވަނީ ޖުމަލް އާ އެކުގައި ފެނިފައެވެ. ނަމަވެސް މި ދެތަރިން އެކުގައި މިހާތަނަށް އައިއިރު ރަސްމީ ސިފައެއްގައި ފިލްމަކުން ފެނިފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top