ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއަރއަށް މުއާ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ ބޯޑުން ހުސްވެފައިވާ ޗެއަރޕާރސަންގެ މަޤާމަށް ފިލްމީ ތަރި އަބްދުﷲ މުއާޒް ހޮވިއްޖެ އެވެ.

އަބްދުﷲ މުއާޒް (މުއާ) މި މަޤާމަށް ހޮވުނީ 30 އޭޕްރީލް 2024ގައި ޗެއަރޕާސަންގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތުގެ ސުންގަޑި ހަމަވި އިރު އެހެން މެންބަރަކު ކުރިމަތިލާފައި ނުވާތީ އިންތިޚާބު ނުބާއްވާގޮތަށް އިންތިޚާބާ ބެހޭ ކޮމެޓީން ނިންމުމާއި ގުޅިގެންނެވެ.

ވޭތުވެދިޔަ ސަރުކާރުގެ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގި ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަޤާމު މުއާ ފުރުއްވާފައިވެއެވެ. އެ މަޤާމުގައި ހުންނަވައިގެން ރަސްމީ ގަޑިތަކުގެ އިތުރުން އިތުރު ވަގުތުތަކުގައި ވެސް ފިލްމީ ދާއިރާގެ އެކި ކަންކަމުގައި މުއާ ޚިދުމަތްކޮށްފައިވެއެވެ. އެގޮތުން އޮލިމްޕަސް އަޕްގްރޭޑްކުރުމުގެ އަމަލީ މަސައްކަތުގައި މުއާ ހަރަކާތްތެރިވުން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top