ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝަލަބީގެ “ސާހިބާ” ވަރަށް ހިތްގައިމު

ހިތްގައިމު، ނިކަން ލޯބިލޯބި ލަވައެއް އަޑުއަހައިލަން ބޭނުން ނަމަ ޝަލަބީ އިބްރާހީމްގެ “ސާހިބާ” އަޑުއަހައިލާށެވެ. “ސާހިބާ” އަކީ ޝަލަބީގެ ފޭނުންނަށް މިއަދު ދޫކޮށްލާފައިވާ ނިކަން ޗާލު ލޯބީގެ ލަވައެކެވެ. މިއީ ހިތްގައިމު އަމިއްލަ ރާގެކެވެ. ރާގު ހެދީ ޢަބްދުﷲ މޫސާ ރަފީޢު އެވެ.

މި ލަވައަކީ ދެމަފިރިއެއްގެ ލޯބީގެ ވާހަކަތައް ސިފަކޮށްދީފައިވާ ލޯބީގެ ލަވައެކެވެ. ނިކަން ލޯބިން، ލޯބިވެރިއަކަށް ކިޔައިދޭ ހިތްގައިމު ޖުމްލަތަކެއް މި ލަވައިން އިިވިގެންދެއެވެ.

ޝަލަބީގެ މި ލަވައިގެ ލިރިކްސް ހެދީ އަމްރު އެވެ. ލަވަ އުފައްދައި މިއުޒިކު ހެދީ ޢަބްދުﷲ މޫސާ ރަފީޢު އެވެ. ލަވައިގެ ރެކޯޑިން، މިކްސިން އަދި މާސްޓަރިން ހަދާފައިވަނީ އަވައްޓެރި ސްރީލަންކާގެ ‘ސައުންޑް އޭޝިއާ ސްޓޫޑިއޯ’އިން ނެވެ.

@muniavas Saahibaa By @shalabeeibrahim Listen the full song from: https://on.soundcloud.com/KPWaCr8ajfNSkR6A8 #dhivehilava #dhivehisongs #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #shalabee ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top