ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޑުލު ވަޙީދު އަވަހާރަވެއްޖެ

ހުނަރުވެރި އަދި މަޝްހޫރު ލިޔުންތެރިޔާ އަދި ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު، އުމުރުން 77 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ ވަރަށް ގިނަ ދާއިރާތަކުން ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވި ދިވެހިބަހުގެ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އަދަބީ ތަފާތު ލިޔުއްވުންތައް ލިޔުއްވިއެވެ. ޢަރަބިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ތަރުޖަމާކުރެއްވިއެވެ. ބަހުގެ އެކި އިދާރާތަކާއި ކުންފުނިތަކުތަކުގެ އިސް މަޤާމުތައް ފުރުއްވިއެވެ. ވަޙީދަކީ ވަރަށް ގިނަ ބައެއް ދިވެހިބަހުގެ މުދައްރިސެއްވެސްމެއެވެ.

ވަޙީދުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985 ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވަޙީދަށް ލިބިވަޑައިގެންފައިވެއެވެ.

ދިވެހި ފިލްމު ސްކްރިޕްޓް އަދި ވާހަކ ލިޔުއްވުމުގައި ވެސް ވަޙީދުގެ ނަންފުޅަކީ ފާހަގަކޮށްލެވޭ ނަންފުޅެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top