“ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް”ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، ‘2 އޮފް އަސް’އިން ބާއްވާ ތާރީޚީ ބޮޑު މިއުޒިކް ޝޯގެ ޓިކެޓު މިރޭ ވިއްކަން ފަށާނެއެވެ.

މިމަހު 23 ވަނަ ދުވަހުގެ ރޭ ބާއްވާ މި ތާރީޚީ މިއުޒިކް ޝޯގެ ޓިކެޓު ވިއްކުމަށް އެ ބޭންޑުން ވަނީ ޚާއްސަ ކައުންޓްޑައުން އެއް ސޯޝަލްމީޑިއާގައި ފަށައިފައެވެ. އެގޮތުން، މިރޭ 00:00 އަށް ފަހު ޝޯއަށް ޓިކެޓު ބުކްކުރެވޭނެއެވެ.

މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަގު ބޮޑު ޝޯއެވެ. ޓިކެޓް ލިބެންހުރި ގޮތުގެ ތަފުސީލުތައް މިއޮތީ އެވެ.

ކެޓަގަރީ 1: ޕްލެޓިނަމް

  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 5،000 ރުފިޔާއަށް
  • ޕްރައިމް ސީޓިން
  • ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް
  • ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް

ކެޓަގަރީ 2: ގޯލްޑް

  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 3،000 ރުފިޔާއަށް
  • އެކްސަލެންޓް ސީޓިން
  • ސުވެނިއާސް އަދި ގިފްޓްސް
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް

ކެޓަގަރީ 3: ބްރޮންޒް

  • ސުވެނިއާސް އަދި ގިފްޓްސް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް

މައުލޫމާތު ނެގީ: މި ޝޯގެ މީޑިއާ ޕާޓްނަރ އެސްއެސް މީޑިއާއިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.