“ކަރުނައަށް ވުރެން ގިނައިން ބަޓަރު އައިސްސި!” ފިލްމު “ސޮރީ”ގެ ޝޫޓިން ތެރެއިން ފަސްމަންޒަރު (ބިހައިންޑް ދަ ސީން) ފެނިގެންދާ ވީޑިއޯއެއްގައި އައްޒަ ބުނެލައެވެ. ދެން އިވެނީ ފިލްމުގެ ޑައިރެކްޓަރ ނަހޫގެ އަޑެވެ.

“ބައްޕަ ގައިގަ ކޯއްޗެއް އުނގުޅީ؟”

“ބަޓަރު!” ފަކުރުގަންނަ ގޮތަކަށް އަނގަ ޗޭކޮށްލަމުން އައްޒަ ޖަވާބުދެއެވެ. އޭގެ ފަހުން ދެން ފެނިގެންދަނީ އެވްލީ އަދި ލާލީ ހިނިގަނޑެއް ޖަހާލާ ތަނެވެ.

“އެވްލީވެސް ބުނަމެއްނު! އެހެންވީމައޭ އެންމެ އުނދަގޫވަނީ. ހަމަ ރޯތަނާ ހަމަ ނޯޒްއުން އަންނާނީ ފެންފެންފެން.” މަޖާވެލަމުން އެވްލީ މިހެން ކިޔައިދޭއިރު ލާލިގެ ހިނިގަނޑު ކޮންޓްރޯލްނުވެ ކުރިއަށްދެއެވެ.

އަންނަ މަހު 17 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ފިލްމު “ސޮރީ”ގެ ބިހައިންޑް ދަ ސީން މަންޒަރުތަކެއް މިއަދު ނަހޫ މިވަނީ އާއްމުކޮށްފައެވެ. މައިގަނޑު ގޮތެއްގައި މި ވީޑިއޯއިން ދައްކައިދީފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ހުރިހާ ތަރިންތައް ވަރަށް ވަަރަށް ގަދައަށް ރުއިއިރު ކަރުނަފޭބި ވާހަކައެވެ. ކަރުނައިގެ އިތުރުން ރޯއިރު ނޭފަތުން ފެން (ބަޓަރު) އަންނަ ވާހަކައެވެ.

މި މަޖާ ވީޑިއޯ ނިންމައިލަމުންވެސް ލޯބިލޯބި އެވްލިގެ ކިއުޓް އަޑުން ބުނެލަނީ މުހިންމު ވާހަކައެކެވެ.

“ހުރިހައިކުދިންވެސް އަންނައްޗޭ އިނގޭ ޓިޝޫ ޕެކެޓެއް ހިފައިގެން.” އެވްލި މިހެން ބުނެލުމާއެކު ޖުމްލައިގެ އަނެއްބައި ފުރިހަމަކޮށްދެނީ ލާލި އެވެ.

“އެއީ ލޯ ފޮހެންށާ ނޭފަތް ފޮޅަންށާ!”

މި ވީޑިއޯއިން ގިނަ ވާހަކަތަކެއް އިވިގެންދެއެވެ. މަޖާ މަންޒަރުތަކެއް ފެނުނަސް، ގެރެންޓީވާ ކަމަކީ، ފިލްމު “ސޮރީ” ބަލަން ޓިޝޫ ޕެކެޓެއް ނުލައި ސިނަމާއަށް ވަންނަ މީހަކު އަމިއްލަ ނަފުސަށް “ސޮރީ”އޭ ބުންނަ ޖެހޭވަރު ވާނެ ކަމެވެ. މިހެން މި ބުނީ ނަހޫ މީގެ ކުރިން ހަދާފައި ހުރި ފިލްމުތަކުގެ ތެރެއިން ފިލްމު “ޔޫސުފް” އަށް ވުރެންވެސް މި ފިލްމު މާ ބޮޑަށްވެސް އަސަރުގަދަވާނެ ކަމަށް ނަހޫވެސް ބުނެފައިވާތީއެވެ.

@fathimathnahula2 The most difficult thing they came across this tearjerking movie is . . . Bataru! 🤣 That’s a difficulty you will face too, while watching this heartaching movie! So please remember to bring tissues when you come to watch the movie! SORRY will break you emotionally. @Naash Sinan @AxzxA @shadyaanu @Sinan @Ali Shameel @Aryh #Sorrythemovie #movie #screening #love #emotions #fun #children #kids #foryoupage ♬ original sound – Fathimath Nahula

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.