މިއީ ފޭސްބުކުން ފެނުނު އިޝްތިހާރަކާ ބެހޭގޮތުން ޢީސާ ޝަރީފާ ކުރެވުނު ބައެއް ސުވާލެވެ.
ލަވަހަދަން ދަސްކޮށްދިނުމާ ބެހޭގޮތުން ކޮށްފައިވާ އިޝްތިހާރުގައި ”ރީތިކޮށް ލަވަހަދަން ދަސްކޮށްދޭ ކޯސް“ މިހެން ލިޔެފައި އެއޮތީ ކޮންގޮތަކަށް ވިސްނާފައި ލިޔުނު ޢިބާރަތެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ޢީސަ ބުންޏެވެ.

”މީގެ ކުރީގައި އަހަރުމެން ބާއްވާ ވަރަށް ގިނަ ޅެން ހަދަން ދަސްކޮށްދޭ ކޯސްތައް ނިންމާރޭ، ލަވަހެދުމާބެހޭ ބައެއް މަޢޫލޫމާތު ޙިއްޞާކުރަން. އެކަމަކު އެއީ ލަވައެއް ހެދުމުގައި ކޮންމެހެން ބޭނުންވާ ވަރަށް މަދު އުކުޅުތައް. ލަވަޔަކީ ޅެމާ ވަރަށް ތަފާތު އެއްޗެއް. އެ އެފްބީ ޕޯސްޓުގައި އެބުނާ ގޮތަށް މިކޯހުގައި ލަވަހެދުމާ ބެހޭގޮތުން އެނގެންޖެހޭ ހުރިހާ މަޢުލޫމާތެއް ކިޔަވައިދޭނަން. އޭރުން ލަވަހަދާއިރު އަދި ލަވައެއް ރީތިކުރުމަށް ކުރަންޖެހޭ ކަންކަން ވަރަށް ބޮޑަށް އޮޅުންފިލާނެ. އަދި ރީތިކޮށް ލަވަހަދަން ދަސްވާނެ!“

* އީސާ ޝަރީފް

ޢީސަގެ މި ޖަވާބުން ދެން އުފެދުނު ސުވާލަކީ ލަވައެއް ރީތިކުރަން ކުރެވޭނީ ކޮންކަމެއްތޯއެވެ. ރާގު ރީތިއްޔާ ލަވަ ރީތިނުވާނެބާއެވެ. އަޅެ އިތުރަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ޢީސައާ ސުވާލުކޮށްލީމެވެ.

”ހަމައެކަނި ރާގު ރީތިވިއަސް ލަވަ ރީތިނުވެދާނެ. އެންމެ ފުރަތަމަ، ލަވައެއްގައި ދައްކާ ވާހަކަ ހިތާ ގުޅެން ވާނެ. އެހެން ނޫންނަމަ ނުދަންނަ ބަސްބަހުން ހުންނަ ލަވަތައްވެސް ރީތިވެ އެ އަސަރު ކުރަން ޖެހޭނެ. އެކަމަކު އެފަދަ ލަވަޔަކުން އެކުރަނީ ތަފާތު އަސަރެއް. އެއީ ރާގާ ކިޔުންތެރިޔާގެ މޮޅުކަމުން ކުރާއަސަރެއް. އެހެނަސް ދަންނަ ބަހަކުން ހެދިފައި ހުންނަ ލަވައިގައި ކިޔާ އިބާރާތުގެ އަސަރު އެއާ ޚިލާފަށް މާތޫނުވާނެ.

* އީސާ ޝަރީފް

މިހިސާބުން ހިތަށް ވަންނަ ސުވާލަކީ، އެހެން ވިއްޔާ މޮޅު ލިޔުންތެރިޔަކަށް ނޫނީ ވާހަކަދެއްކުންތެރިޔަކަށް ވިއްޔާ ރީތިކޮށް ލަވަ ހެދޭނެތާއެވެ. މިސުވާލުގެ ޖަވާބުގައި ޢީސަ ކިޔައިދިނީ މާ ތަފާތު ވާހަކަތަކެކެވެ.

”އެމީހުންނަށް ރީތި ވާހަކަތަކެއް ލިޔެވިދާނެ. އެކަމަކު ރާގުގެ އަސަރާ، ރާގުގެ އަދާތަކަށް އެންމެ ގުޅޭ ލަފުޒުތަކާ، ބޭނުންހައި ތާކަށް ބޭނުން އަކުރެއް ލައިގެން ލަވައެއް ރީތިކޮށް ނުކިޔޭނެކަން އެމީހުނަށް ނޭނގިދާނެ. މިއީ މިޔުޒިކާ ގުޅިފައިވާ ވަރަށް ތަފާތު ކަމެއް.

* އީސާ ޝަރީފް

މިކޯހުގެ ހަތަރު ކުލާސް ނިމޭއިރު ރީތި ލަވައެއް ހަދާލެވޭވަރު ވާނެތޯ ކުރި ސުވާލަށް ޢީސަ ދިނީ ވަރަށް ޔަޤީން ޖަވާބެއެކެވެ.

”ހަތަރު ކުލާސް ނިމޭއިރު ކުރިން ލަވަހެދުމާމެދު ވިސްނެމުން އައީ ގޯސްކޮށްކަން އަމިއްލަ ނަފްސަށް ގެރެންޓީ ވާނެ. އަދި ކޮންމެ ކޮންމެ ލަފުޒެއް ރާގުގެ ކޮންމެ ހިސާބަކަށް ނުލެވޭނެކަންވެސް ރަނގަޅަށް އެނގޭނެ. ކޯސްނިންމާފައި އަމިއްލައަށްވެސް، ރީތިކޮށް ލަވަހެދޭކަމުގެ އިޙުސާސް ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން.

* އީސާ ޝަރީފް

ކޯސް ފެށެނީ ކިހާތާކުތޯ، އަދި ފީއަކީ ކޮބައިތޯވެސް ޢީސަގާތު އަހާލީމެވެ.

”މި ބަލަނީ މިމަހު 30ވަނަ ދުވަހު ކޯސް ފެށޭތޯ. އެއީ ޗުއްޓީތެރެއަށް ހަމަޖައްސައިދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދުނީމަ. ކޯހުގެ ފީއަކީ -/599ރ. ދެން ކުރާނޭ ސުވާލު އެނގޭތީ ބުނެލާނަން. ކިޔަވައިދޭނީ ޒޫމް އެޕްލިކޭޝަންގަ. ރޭގަނޑު 9 ޖަހާއިރު.

* އީސާ ޝަރީފް

އަސްލު އަހާލަން ބޭނުންވީ އެވާހަކައެއް ނޫނެވެ. އަހާލަން ބޭނުމީ، އިޝްތިހާރުގައި އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިއެއް ކަމަށްވާ ޢަބްދުލް ހަންނާނު މޫސާ ދީދީގެ ފޮޓޯއެއް ފެންނާތީ، އޭނާ ކޯހުގައި ކޮށްދޭނީ ކޮންކަމެއްތޯއެވެ.

”އަހަރެންގެ މިޔުޒިކީ ޙަޔާތުގައި އެންމެ ރީތި އަދި އެންމެ މަޝްހޫރުވީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާނީ ހަންނާނާ އެކީގަ. އެއީ އިއްތިފާޤެއް ނޫން. އެއީ އަހަރެންގެ ނިންމުމެއް. އޭނާ މިކަންކަމުގައި މޮޅުވެފައި ތޫނު ކަމުން. މިކޯހުގައި އޭނާ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއްގެ ޙައިޞިއްޔަތުން އަދި މޮޅު މިޔުޒީޝަނެއްގެ ޙައިޞިއްޔަތުން ބޮޑެތި އުނދަގޫ ރާގުތަކަށް ބޭނުންހާ ގޮތަކަށް ލަވަ ލިޔެގެން ނުކިޔޭ ސަބަބުތަކާ އެކަން ކުރަންޖެހޭ ގޮތް ކިޔައިދޭނެ.

* އީސާ ޝަރީފް

މި ކޯހުގައި ބައިވެރިވުމަށް ފޯމު ފުރާލަން ޖެހޭ ލިންކެއް އީސަ ހިއްސާކުރިއެވެ. ތިރީގައި އެވަނީ މި ބުނާ ލިންކެވެ.

https://forms.gle/8SFAf9kdvo2mQNQ58

މި ލިންކުން ފޯމް ފުރާލިއަސް ވަގުތުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.